އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު
ރާއްޖޭގައި އިންސާނީ ވަގުފާރި ނެތްކަމުގެ ވާހަކަތަކެއް މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެކެވުމާއިގުޅިގެން ރާއްޖޭގެ ބައެއް ވިޔަފާރި ކުންފުނިތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
"ވަގުފާރިއަކީ ކޮބައިތޯ؟ އަޅުގަނޑުމެން ބޮޑު ޚަރަދުކޮށް އެޖެންސީ ފީ ދައްކައިގެން ރާއްޖެ ގެނެސް ސަރުކާރަށް ދައްކަންޖެހޭ ވިސާވެސް ދައްކައި ތިބޭނެތަނާ ކެއުން ބުއިމާ މުސާރަވެސް ދީގެން ގެންގުޅެނިކޮށް ފިލަނީ."
"އެތިބަ ބޮޑެތި އިންސާނުން ފިލައިގެން އެންގީމާ ފުލުހުންނަށްވެސް ކުރެވޭ ކަމެއް ނެތް. އެމީހުން ހޯދޭ ކަމަކަށް ނުވޭ. އެކަމަކު ސަލްޓަން ޕާކުގަ މޮހޮރު ބޮމެއް ގޮއްވާލަން ބޭނުންކުރި ބައްތި ފޯނެއްގެ ސިމް ކަނޑުއަޑިން ހަމަ ވަގުތުން ނެގުމުގެ ކުޅަދާނަކަން އެއިރުވެސް ފުލުހުންގެ ކިބައިގަ ހުރި. މިހާރު ފުލުހުންގެ ޤާބިލުކަން އެތައް ހާސް ގުނައަކަށް އިތުރުވީމާ ބޮޑެތި އެތައްހާސް މީހުން ހޯދޭ ކަމަކަށް ނުވޭ! ފަހަރެއްގަ ވެދާނެ ކަނޑުއަޑީގަ ހުންނަ އެއްޗެތި ހޯދަން ފަސޭހަވެފަ އެއްގަމުގެ ހޯދަން އުނދަގުލީކަމަށް."
"އެނގޭކަމަކީ އެތައް ހާސް ބިދޭސީން ސްޕޮންސަރުންނަށް ފިލައިގެން އެބަ އުޅޭކަން. އެމީހުންނަށް މިނިވަންކަމާއިއެކު އުޅެވޭކަން ބޭނުންކަމެއް ކުރެވޭކަން. ފިހާރަ/ ހޮޓާ ވިޔަފާރިތައް ހިންގޭކަން. ދެން މި މީހުންނަށް ކިޔާނީ ކޮން އިންސާނީ ފާރިއެއްގެ ނަމުންތޯ؟ ކޮންމެވެސް ފާރިއެއް އޮންނަންޖެހޭނެކަން އެނގެނީ."
"ވަރަށް ރަނގަޅު ހޯމް މިނިސްޓަރާ ސީޕީ އާ އިކޮނޮމިކް މިނިސްޓަރު މިކަންކަމަށް ޖަވާބު ދެއްވިއްޔާ! އެއީ އިންސާނީ މި މަގުފާރީގަ ރާއްޖޭގަ ތިބި ބިދޭސީންގެ އަދަދު ދިވެހި ރައްޔިތުންގެ އާބާދީ އާއި އަރާ ހަމަކުރާތީ!. މުޅި އިޤްޠީޞާދީ ސިނާޢަތް މިވަގުފާރިން ފުނޑި ޗިސްޗިސްވަމުންދާތީ."
މިއީ ރައްޔިތުންގެ އަޑުތައް މިއަދު ހުރި ގޮތެވެ.
Advertisement
13 ސެޕްޓެމްބަރ 2021