އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދޮރުދަށުން ސިޓީއުރައެއްގަ މުސްކުޅި ދެމަފިރިންނަށް ފައިސާދެމުން އައި ނަމޫނާ މިޒުވާނާ އެ ހޯދީ ސުވަރުގެ ކަމަށް އުންމީދުކުރަމާ- ހެޔޮދުޢާކުރައްވާ!

ދޮރުދަށުން ސިޓީއުރައެއްގަ މުސްކުޅި ދެމަފިރިންނަށް ފައިސާދެމުން އައި ނަމޫނާ މިޒުވާނާ އެ ހޯދީ ސުވަރުގެ ކަމަށް އުންމީދުކުރަމާ- ހެޔޮދުޢާކުރައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

އެދެމަފިރިންނަށް ލިބިފައިވަނީ އެންމެ ފިރިހެން ދަރިއެކެވެ. އެދެމަފިރިން ޗުއްޓީއެއް ހޭދަކުރަން ރަށުން ބޭރުގައި ތިއްބައި އެކްސިޑެންޓްވެ ދަރިފުޅު މަރުވީއެވެ. ޖަނާޒާގައިވެސް ބައިވެރިނުވެވުނީއެވެ. 

ލިބުނު ހިތާމައަިގައި ތިއްބައި އަތުގައި ހުރި ފައިސާކޮޅު ހުސްވެއްޖެއެވެ. ކައި ބޮއި ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. ގޯތިތެރެއިން ލިބޭ ތަރުކާރީކޮޅެއްފިޔަވައެވެ. 

މިފަދަ ދަތިޙާލުގައި ތިއްބައި މީހަކު ދޮރުގައި ޓަކިޖެހުމުން ގޮސް ދޮރުހުޅުވިއިރު މީހަކު ފެންނާކަށް ނެތެވެ. ނަމަމަވެސް ސިޓީއުރައެއް އޮތެވެ. ހުޅުވައިގެން ބެލިއިރު އޭގައި ހުރި ފައިސާއެވެ. އެފައިސާ ލިބުމުން ދެމަފިރިންނަށް އެމީހުންގެ ބޭނުންތައް ފުއްދާލައިގެން އުޅެލެވޭވަރުވެއެވެ. 

އެއިގެ ފަހުން ކޮންމެ މަހެއްގެ 1 ވަނަ ދުވަހު ދެމަފިރިންނަށް ސިޓީއުރަ ލިބެއެވެ. އޭގައި ފައިސާ ހުރެއެވެ. އެފައިސާއިން ދެމަފިރިންނަށް އުފަލުގައި ދިރިއުޅެލެވޭވަރުވެއެވެ. ނަމަވެސް ދެމަފިރިންގެ ކަންބޮޑުވުމަކީ އެފައިސާ އެމީހުންނަށް ދެނީ ކާކުކަން ނުއެނގޭކަމެވެ. 

އެމީހަކު ހޯދަން ކުރަމުން ދިއަ މަސައްކަތުން އެމީހާ ހޯދުނެވެ. އެއީ ޒުވާނެކެވެ. ގެއަށް ވައްދާފައި އޭނާ އެމީހުންނަށް ފައިސާ ދޭ ސަބަބާއިމެދު ސުވާލުކުރުމުން ކިޔައިދިނެވެ. "ފުރަތަމަ ކަމަކަށް އަހރެންނަށް މާފުކުރާށެވެ. ދެމަފިރިންގެ ދަރިފުޅު މަރުވީ އަހަރެންގެ ކާރުން ޖެހިފައެވެ. އެހިސާބުން އަހަރެން މިހުންނަނީ ވަރަށް ދެރަވެފައެވެ. އަހަރެންނަށް ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބެނީ ތިއަ ދެމަފިރިންނަށް މިފައިސާކޮޅު ދެވޭތީއެވެ. 

އަހަރެންނަށް މަރުވި ދަރިފުޅު އަނބުރައި ގެނެހެއް ނުދެވޭނެއެވެ. ނަމަވެސް މައިންބަފައިން ފަދައިން ތިއަ ދެމަފިރިންގެ ކަންކަން ބަލަހައްޓާނަމެވެ. އަހަރެންނަށް އެފުރުޞަތު ދޭށެވެ. ފެންނަން ނުކެރި ހުރީ ކުރެވުނު ކުށަށް މާފުކުރަން ދެމަފިރިންނަށް އުނދަގޫވާނެތީއެވެ." 

އެދެމަފިރިން އޭނާއަށް މާފުކުރިއެވެ. އަދި ޒުވާނާ ވީވައުދު ފުއްދައި ދެމަފިރިން މަރުވަންދެން އެއްވެސް ކަމަކަށް ދަތިވިއަ ނުދީ ބަލަކައްޓައިދިނެވެ. 

މިވާހަކަ އިނގިރޭސި ނޫހަކުން ކިޔުމަށްފަހު މިއަދުނޫސް މެދުވެރިކޮށް ބޭނުންވީ އަޅުގަނޑުގެ ހިތުގައި ހުރި ކަންކަން ހާމަކުރުމަށެވެ. 

އަޅުގަނޑުމެން ދެމަފިރިންގެ ވެސް ހުރި ހަމަ އެންމެ ދަރިފުޅުވެސް ވަނީ ހަމަ އެކްސިޑެންޓެއްގައި މަރުވެފައެވެ. ދިރިއުޅެމުން މިދަނީ ވަރަށް ނިކަމެތި ޙާލުގައެވެ. އޭނާގެ އަތުން އެފަދަ ކަމެއް ވުމުން އޭނާގެ ހިތްހެޔޮކަން އެވަރަށް ހުރިއިރު އަހަރެމެން ދެމަފިރިންގެ ދަރިފުޅުގެގައިގައި ކާރުން ޖެއްސި މުއްސަނދި މީހާގެ ހިތުގައި އަހަރެމެންގެ މައްޗަށް އެއްވެސް ރަޙުމެއް ނެތީ ކީއްވެގެންބާވައެވެ! 

އެމީހެއްގެ އަތުން އެހެން މީހަކަށް އެވަރުގެ ބޮޑު އަނިޔާއެއް ލިބި ދުނިޔެ ދޫކުރަން ޖެހުމުން އެހިސާބުން އެކަން ނިންމާލައިގެން ތިބެން ހެޔޮވެދާނެ ހެއްޔެވެ؟ މިލިޔުން މިއަދުނޫހުގައި ޝާއިއުކުރީމާ އޭނާއަށް ފެންނާނެ ކަމުގެ އިންތިޒާރުގައި ހުރީމެވެ. 

- ޢަލީ އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް