އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު
މީހަކު ތިބާއަށް ކުރި ކިތަންމެ ބޮޑު ގެއްލުމެއް ނުވަތަ ހިތްދަތިކަމެއް ދީފައި އޮތްނަމަވެސް އެކަމުގެ ބަދަލުގައި އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ކިތަންމެ ކުޑަކަމެއް ނަމަވެސް ނުކުރާށެވެ! ތިބާގެ ހިތުގެ އިޙްޞާޞްތައް އެހެން މީހުންނާއި ދިމާއަށް ނުފޮނުވާށެވެ!
ހިތަކީވެސް ﷲ ތަޢާލާގެ މިލްކްފުޅުގައިވާ އެއްޗެކެވެ. ހިތްދަތިކަން މިންވަރުކުރެއްވެވުމާއި އުފާވެރިކަން މިންވަރުކުރެއްވެވުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ.
ވީމާ އެހެން މީހުންނަށް ހެޔޮކޮށް ކަންކަންކުރާށެވެ! ހެޔޮ ބަސްތައް ބުނާށެވެ. އަނިޔާ ލިބެމުންދާ ހުރިހާ ހިތްތަކަށް އުފާވެރިކަން ދެއްވެވުމުގެ އެންމެހައި ބާރުތައް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ތިބާގެ ހިތުގައި އަޅާ ވޭން ލުއިކޮށްދެއްވަވައި އުފާވެރިކަން ދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދިދަންނަވާށެވެ!
ހިތްދަތިޙާލުގައި ހުރެ މީސްތަކުންނަށް ހިތްހެޔޮކަމާއިއެކު މުޢާމަލާތުކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ ތިބާ ހިތްދަތިޙާލުގައި ހުރެ އެހެން މީހުންނަށް ހިތްހެޔޮކަމާއިއެކު މުޢާމަލާތުކުރުމަކީ ތިބާގެ ހިތަށް އުފާވެރިކަން މިންވަރުކުރައްވަވާ ސަބަބުކަމުގައިވުމަށް އުންމީދުކުރާށެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
15 ސެޕްޓެމްބަރ 2021