އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޝަން ފޮރ މައިގްރަންޓް ވޯކާރސްގެ ޑިޖިޓަލް ޕާރޓްނަރަކަށް އުރީދޫ

މިޝަން ފޮރ މައިގްރަންޓް ވޯކާރސްގެ ޑިޖިޓަލް ޕާރޓްނަރަކަށް އުރީދޫ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

މިޝަން ފޮރ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އެންޖީއޯގެ ޑިޖިޓަލް ޕާރޓްނަރގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ޕަރޓްނަރޝިޕްއެއް މިއަދު ގާއިމްކޮށްފިއެވެ.

އުރީދޫ އިން ބުނެފައިވަނީ ސީއެސްއާރްގެ ދަށުން މި ގާއިމްކުރެވުނު ޕަރޓްނަރޝިޕްގެ މަގްސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ.

"މިޝަން ފޮ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ހައްގުތަކަށް މި ކުރެވޭ މަސައްކަތުގައި ބައިވެރިވެ ޑިޖިޓަލް ޕާރޓްނަރ ގެ ގޮތުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ. ކުރިއަށް އޮތްތަނުގައި މިޝަން ފޮ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އާއި އެކު ފައިދާ ހުރި މުހިންމު ޕްރޮޖެކްޓްތަކާއެކު ބިދޭސީންގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމީ އަޅުގަނޑުމެންގެ އުއްމީދު" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް. 

"އުރީދޫ މޯލްޑިވްސް ޑިޖިޓަލް ޕާރޓްނަރެއްގެ ގޮތުގައި ގުޅުވަޑައިގަތުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދެފަރާތުގެވެސް ތަސައްވަރާއި، ގަބޫލުކުރާ އުސޫލުތަކާ އެއްގޮތުގެ މަތިން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އިތުރު ފާގަތިކަމެއް ހޯދާދިނުމަށް މި ކުރާ މަސައްކަތް މި ޕަރޓްނަރޝިޕާއެކު އިތުރަށް ފުޅާވެ ގިނަ ފަރާތްތަކަކަށް އެހީ ފޯރުކޮށްދެވިގެން ދާނެކަމީ ޔަގީންކަމެއް." މިޝަން ފޮ މައިގްރަންޓް ވޯކާރސްގެ ކޯ ފައުންޑަރ އަދި ޕްރެޒިޑެންޓް، ޑރ. މިނާހް ފާއިޒް ރަޝާދް.   

މީގެ ކުރިންވެސް އުރީދޫ މޯލްޑިވްސްއިން ވަނީ މިޝަން ފޮ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އާއިއެކު ބިދޭސީންނަށް މީލް ޕެކް ފޯރުކޮށްދީފައެވެ. މި އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު 100 މީލް ޕެކް ފޯރުކޮށްދީފައިވެއެވެ.

މިޝަން ފޮ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކޮށް ހައްލު ހޯދާދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ރެޖިސްޓަރ ކުރެވިފައިވާ ފުރަތަމަ އެންޖީއޯ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު