އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަރުޝީގެ ހިޔާވަހިކަން ލިބިގަންނަން ކޮންމެ ޢުމުރެއްގައިވެސް ކުރެވިދާނެ 4 ކަމެއް އެބައޮތެވެ!

ޢަރުޝީގެ ހިޔާވަހިކަން ލިބިގަންނަން ކޮންމެ ޢުމުރެއްގައިވެސް ކުރެވިދާނެ 4 ކަމެއް އެބައޮތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ޢަރުޝީގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ނުލިބޭނެ ދުވަހު އެ ހިޔާވަހިކަން ލިބޭނެ 7 ބާވަތެއްގެ މީހުން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. މީގެ ތެރެއިން 3 ކަންތައް ތިބާއަށްވަނީ ގެއްލިގެން ގޮސްފައެވެ. ނަމަވެސް މާޔޫސްވާކަށް ނުޖެހެއެވެ. އެއިގެ ތެރެއިން 4 ކަމަކީ ކޮންމެ ޢުމުރެއްގައިވެސް، ޢުމުރުގެ ކޮންމެ ހިސާބެއްގައިވެސް ތިބާއަށް ޙާޞިލްކުރެވެން އޮތް ކަންކަމެކެވެ. 

މިސާލަކަށް ތިބާއަކީ ޒުވާން އުމުރުގައި ތަޤްވާވެރިވެ އަޅުކަން ނުކުރެވުނު މީހަކަށްވެދާނެއެވެ. އަދި ޤަދަރުވެރި ރީތި އަންހެނަކު ޒިނޭކުރަން ނޭދުމުގެ ސަބަބުން އެކަމަށް ދެކޮޅު ހެދުމުގެ ފުރުޞަތު ނުލިބުނު މީހަކަށްވެސް ވެދާނެއެވެ. އަދި ވެރިކަންކުރަން ފުރުޞަތު ލިބެނީ ވަރަށް މަދު މީހަކު މީހަކަށް ކަމުގައިވާތީ ޢަދުލުވެރި ވެރިއަކަށް ނުވެވިވެސް ހިނގައިދާނެއެވެ. 

ނަމަވެސް ކަންބޮޑުނުވާށެވެ! ތިބާއަށް ޢަރުޝީގެ ހިޔާވަހިކަން ހޯދަން ކޮންމެ ޢުމުރެއްގައި ވެސް ޙާޞިލް ކުރެވިދާނެ 4 ކަމެއް އެބައޮތެވެ. އެއީ:

1 މިސްކިތަށް ލޯބި ޖެހިފައިވާ މިސްކިތުގެ އަހުލުވެރިއަކަށްވެވިދާނެއެވެ. 

2 ހަމައެކަނި ﷲ ތަޢާލާއަށްޓަކައި މީސްތަކުން / މީހަކު ދެކެ ލޯބިވާ މީހަކަށްވެވިދާނެއެވެ. 

3 ﷲ ތަޢާލާއަށްޓަކައި އެއްއަތުން ކުރާ ޞަދަޤާތް އަނެއް އަތަށްވެސް ނުއެނގޭނެހައި ސިއްރުން (އެއްވެސް އެހެން މީހަކަށް ނުއަންގައި) ޞަދަޤާތްކުރާ މީހަކަށްވެވިދާނެއެވެ. 

4 އެކަނި އިނދެ ﷲ ތަޢާލާ އާއިމެދު ވިސްނައި ފިކުރުކޮށް ބިރުވެތިވެ ލޮލުން ކަރުނަ އެޅިދާނެއެވެ. 

ވީމާ ޢުމުރުން ކިތަންމެ ދުވަސްވެފައިވީނަމަވެސް ޢަރުޝީގެ ހިޔާވަހިކަނ ނުލިބިދާނެތީ މާޔޫސްނުވާށެވެ! މިކަންކަން ނުވަތަ މިއިން ކަމެއް ކުރާ މީހަކު ކަމުގައިވާށެވެ! ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ އަޅުންގެ ތެރޭގައި ހިމެނުމަށް އުންމީދުކުޜާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް