އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިން އެކުގަ ނިދުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ! އެކުގަ ނުނިދުމަކީ ލޯބިކެނޑި މައްސަލަތައް ޖެހޭ ކަމެކެވެ!

ދެމަފިރިން އެކުގަ ނިދުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ! އެކުގަ ނުނިދުމަކީ ލޯބިކެނޑި މައްސަލަތައް ޖެހޭ ކަމެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އިސްލާމް ދީނުގައި އަޅުކަމެވެ ބުނެވޭ ބަހުގެ މާނައަކީ ހަމައެކަނި ފަރުޟު ކުރެއްވެވި ކަންކަން ކުރުމެއް ނޫނެވެ. ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތްދިނުމާއި ޙައްޖުވުން ފަދަ ފަރުޟޫތައް އަދާކުރުން އެކަންޏެއް ނޫނެވެ. އަޅުކަން މާގިނައެވެ. 

ދެމަފިރިން އުފަލުގައި ލޯބިން ދިރިއުޅުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީވެސް އަޅުކަމެކެވެ. ދެމަފިރިން ގުޅިގެން އުފަލުގައި ދިރިއުޅުމަކީވެސް ހަމަ އަޅުކަމެކެވެ. ހަމަ ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ. ކައިވެނި ކުރުމަށްފަހު ދެމަފިރިން އެކުވެރިކަމާއިއެކު ލޯބިން ދިރިއުޅުމަށް ރަސޫލް (ﷺ) ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަވައިފައެވެ. ވީމާ އެމަތިވެރި ސުންނަތް އަދާކުރުމަކީ އާޚިރަތުގައިވެސް އެކަމުން ފައިދާކުރާނެ ކަމެކެވެ. 

ވީމާ އަހަރެމެންގެ ކައިވެނި އުފާވެރިކަމާއިއެކު ދެމެހެއްޓުމަށްޓަކައިވެސް ދެމަފިރިން އެކުގައި އެއްވަގުތެއްގައި އެބަޖެހެއެވެ. އެއްވަގުތެއްގައި ނިދުމަކީ ކުރިން ނިދިއައިމީހާ ނުނިދައި އޮތުމެއް ނޫނެވެ. އެއީ ނިދަން ދެމަފިރިން އެކުގައި އެނދަށް އެރުމެވެ. އެކުގައި އޮށޯވެ ނިދަން މަސައްކަތްކުރުމެވެ.

ޔަޤީންކުރާށެވެ! އިސްލާމް ދީނުގައި އެއްވެސް ކަމެއް ކުރުމަށް ބަޔާން ވެގެންވާނަމަ އެކަމެއް ބަޔާންވެގެންވާނީ އިންސާނުންނަށް އެކަމަކުން ފައިދާ ކުރާނެތީއެވެ. ދުނިޔެއާއި ޢާޚިރަތުގައިވެސް ފައިދާ ނުކުރާނެ އެއްވެސް ކަމެއް އިސްލާމް ދިނުގައި ބަޔާންވެގެނެއް ނުވެއެވެ.

އިލްތިމާސަކީ ރޭގަނޑުގެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަނުކުރުމެވެ. ވީހައި އަވަހަކަށް ދެމީހުން އެކުގައި ނިދަން މަސައްކަތްކުރުމެވެ. ދެމަފިރިން އެކުގައި ނިދަން މަސައްކަތްކުރާނަމަ ލޯބިއިތުވެއެވެ. ގުޅުން ބަދަހިވެއެވެ. ނޫންނަމަ ތަފާތު މައްސަލަތައް ކުރިމަތިވެ ލޯބިކެނޑިގެންދެއެވެ. ވީމާ އެކުގައި ލޯބިން ދިރިއުޅުމަށްޓަކައިވެސް މިއީ ކުރަން ކޮންމެހެން ޖެހޭ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް