އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް މީހަކަށް އެމީހާ މަރުވާނެގޮތް ނުނިމޭނެ! ލިބިގެންވަނީ ޙަޔާތް ހޭދަކުރާނީ ކޮންގޮތަކަށްކަން ނިންމުމުގެ އިޚްތިޔާރު!

އެއްވެސް މީހަކަށް އެމީހާ މަރުވާނެގޮތް ނުނިމޭނެ! ލިބިގެންވަނީ ޙަޔާތް ހޭދަކުރާނީ ކޮންގޮތަކަށްކަން ނިންމުމުގެ އިޚްތިޔާރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

އަހަރެމެން މަރުވާނީ ކޮންގޮތަކަށް ކަން ނިންމުމުގެ އެއްވެސް އިޚްތިޔާރެއް އަހަރެމެންނަށް ލިބިގެނެއް ނުވެއެވެ. އެކަމަކު އަހަރެމެންގެ ޙަޔާތް ހޭދަކުރާނީ ކޮންގޮތަކަށްކަން ނިންމުމުގެ އިޚްތިޔާރު އަހަރެމެންނަށް ލިބިގެންވެއެވެ

އަބޫބަކްރުގެފާނު އަވަހާރަވީ ދާންމަތިކޮޅުގައެވެ.

ޢުމަރު ރަޟިޔަﷲ ޢަންހުއާއި ޢަލީ ރަޟިޔަﷲ ޢަންހު އަށް ޙަމަލާދީ އަވަހާރަކޮށްލީއެވެ. (ޝަހީދުކޮށްލީއެވެ.)

ޢުޘްމާނު ރަޟިޔަﷲ ޢަންހު ކަތިލައި އަވަހާރަކޮށްލީއެވެ. (ޝަހީދުކޮށްލީއެވެ.)

އަބޫ ޢުބަރިދާ ރަޟިޔަﷲ ޢަންހު ނިޔާވީ ޠާޢުނު ބަލީގައެވެ.

އެކި ގޮތްގޮތަށް މި ދުނިޔެއާއި ވަކިވި ބޭކަލުންނެވެ. އެހެންނަމަވެސް، އެ ބޭކަލުން މި ދުނިޔޭގައި އުޅުއްވި އުޅުއްވުމުގައި އެއްގޮތް ކަންތައްތަކެއް ވެއެވެ. އެއީ ތަޤްވާވެރިކަމާއި، އަޅުވެރިކަމާއި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނަޞްރު ދެއްވުމާއި، މުސްލިމް އުންމަތާމެދު ފަރުވާ ބެހެއްޓެވުމެވެ.

ކޮންމެ ގޮތަކަށް މަރުވެގެން ދިޔަ ކަމުގައިވިޔަސް، ޢަމަލުތައް އިޞްލާޙުވެފައިވާނަމަ، ހިތާމައެއް ނެތެވެ. މަރުވީ ގެނބިގެންތޯ، އެކްސިޑެންޓެއް ވެގެންތޯ، ކޮވިޑް ޖެހިގެންތޯ، ފިހިގެންތޯ، ބައްޔެއްގައިތޯ، މުހިންމެއް ނޫނެވެ. މުހިންމީ ޢަމަލުތަކެވެ. ދުނިޔޭގައި އުޅުނު ގޮތެވެ.

- ޝައިޚް މުޙައްމަދު ޝާފިޢު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް