އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު
މިއަދަކީ ޖުމާދިލްއާޚިރާ މަހުން 12 ވަނަދުވަހެވެ. ކުރިއަށް އޮތީ ރޯދަ ހިފުން ސުންނަތްވެގެންވާ 13، 14، 15 ތިން ދުވަހެވެ. ހިތްވަރުކޮށްލާފައި 3 ދުވަހު ރޯދަހިފާލަމާހެއްޔެވެ؟ ހިފާކޮންމެ ރޯދައަކަށް އެމީހާގެ މޫނު ނަރަކައާއި 70 އަހަރުގެ ރާސްތާއަށް ދުރުކުރައްވަވަތެވެ. ވީމާ 3 ދުވަހު ރޯދަހިފުމަކީ ނަރަކަ ޢާއި 210 އަހަރަށް ދެވިދާނެ ފައިދާހުރި ޢަމަލެކެވެ. އިން ޝާ ﷲ
އަލަސް ސުންނަތް ރޯދަ ހިފަން ފަށާ މީހުންނަށް އެންމެފަސޭހައިން އެކަންކުރެވޭ އެއްގޮތަކީ ގޭގެ ބައަކު ނުވަތަ އެކުވެރިންވެސް ބައިވެރިވުމެވެ. އެއީ އެކަމަށް ވަރަށް ބޮޑަށް ހިތްވަރުލިބޭކަމެކެވެ.
އަދިވެސް އިތުރަށް ހިތްވަރުކޮށްލާށެވެ. ހަފްތާގެ ހޯމަ ބުރާސްފަތީގައި ރޯދަ ހިފަންވެސް މަސައްކަތްކުރާށެވެ. ފަރުޟު ރޯދައިގެ އިތުރުން ސުންނަތް ރޯދަހިފުން ގިނަކުރުމަކީ ޤިޔާމަތް ދުވަހު އެންމެ އުފާކުރާނެ މީހުންގެ ތެރޭގައި ތިމާވެސް ހިމެނެން ކުރެވެން އޮތް އެންމެ މުހިންމު އަޅުކަމެކެވެ. އިން ޝާ ﷲ
Advertisement
15 ޖެނުއަރީ 2022