އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު
ޢަލީ އިޙްޞާން ފިރާޤް
ޖިބްރީލުގެފާނު ދެކެވަޑައިގެންނެވުގެ ޝަރަފު ލިބިވަދައިގަތުން:
أمّ المؤمنين أمّ سلمة رضى اللّـه عنــها އަށް ވަނީ ވަޙީގެ މަލާއިކަތާ ޖިބްރީލުގެފާނު ދެކެވަޑައިގެންނެވުމުގެ ޝަރަފު ލިބިވަޑައިގެންފައެވެ. އިމާމު މުސްލިމު އެކަލޭގެފާނުގެ ޞަޙީހުގައި، ޞަޙާބީބޭކަލުންނާއި ބޭކަނބަލުންގެ މާތްކަން ނަންގަނެވުނު ފޮތުގައި أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ މާތްކަން ބަޔާންކުރެއްވުމަށްޓަކައިވަނީ ވަކިން ބާބެއް ގެންނަވައިފައެވެ. އެބާބުގެ ނަމަކީވެސް باب مِنْ فَضَائِلِ أُمِّ سَلَمَةَ أُمِّ الْمُؤْمِنِينَ رضى الله عنها އެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم، أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ ގެކޮޅުގައި ހުންނެވި ދުވަހެއްގައި ޖިބްރީލުގެފާނު ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ހުންނެވީ ރީތިކަމުގައި މިސާލުޖެހެވޭ ޞަޙާބީ ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުގެ ސޫރަފުޅުގައެވެ. އޭރު އެތަނުގައި أمّ المؤمنين أمّ سلمة رضى اللّـه عنــها ވެސް ހުންނެވިއެވެ. ޖިބްރީލުގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވާހަކަފުޅު ދެއްކެވުމަށް މަޑުކޮށްލެއްވުމަށްފަހު ވަޑައިގެންނެވިއެވެ.
ޖިބްރީލުގެފާނު ވަޑައިގެންނެވުމުން މާތް ރަސޫލާ أمّ سلمة އާ ސުވާލުކުރެއްވިއެވެ. [އެއީ ކާކުކަން އެނގިވަޑައިގަންނަވާތޯއެވެ؟] އެކަމަނާ ޖަވާބު ދެއްވިއެވެ. [އެއީ ދިޙްޔާއެވެ.] އެކަމަނާ މިހެން ވިދާޅުވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއަށް އެއީ ޖިބްރީލުގެފާނު ކަމުގައި ވިދާޅުވިއެވެ. {صحيح مسلم، كتاب فضائل الصحابة رضى الله تعالى عنهم، باب مِنْ فَضَائِلِ أُمِّ سَلَمَةَ أُمِّ الْمُؤْمِنِينَ رضى الله عنها ، ޙަދީޘް ނަންބަރު 2451}
Advertisement
14 މެއި 2022