އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ހެޔޮ ޢަމަލުކުރަން ޢަމަލުކުރަންވީ ގޮތް- ޢަލީގެފާނުގެ ބަސްފުޅަކުން-

އެންމެ ހެޔޮ ޢަމަލުކުރަން ޢަމަލުކުރަންވީ ގޮތް- ޢަލީގެފާނުގެ ބަސްފުޅަކުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ވަކިކަމެއް ޙާޞިލްކުރަން ބޭނުންވުމުން، މިސާލަކަށް ލޯބިވެރިއަކަށް އެދިގެން، ލޯބިވެރިޔާ ވަކިވާން އުޅޭތީ، ނޫނީ އަތްމަތިވެގެން، ނުވަތަ ބަލިމަޑުމަޑުކަމެއް ކުރިމަތިވުމުން ދުޢާކުރަން ބޭނުންވުމުން ބައެއް މީޙުން އަޅުކަންކުރަން ފަށައެވެ. އަހަރެމެން އަޅުކަންކުރަންވީ ﷲ ގެ ޙަޟްރަތުން ކަމަކަށް ބޭނުންވުމަކުން ނޫނެވެ! އަބަދުވެސް ބޭނުންވާނެތީއެވެ! މިދުނިޔޭގައިވެސް އަދި އާޚިރަތްދުވަހުވެސް ބޭނުންވާނެނީއެވެ.

ޢަލީގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ!:

"އެންމެ ހެޔޮ ޢަމަލަކީ ﷲ ގެ ރުހިވޮޑިގަތުން ލިބުން ފިޔަވައި އެހެން އެއްވެސް ކަމަކަށް ނުއެދި ކުރާ ޢަމަލެވެ!"

މިއީ ވަރަށް ޢިބްރަތްތެރި ބަސްފުޅެކެވެ. މިހާރަށް ބަލައިފިނަމަ ކުރާ އަމަލުތަކުގެ 90 އިންސައްތަ ކުރަނީ މީސްތަކުންގެ ނުވަތަ ކޮންމެވެސް މީހެއްގެ ރުހުން ހޯދުމަށެވެ. އެކަމުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. އެހެނީ މީސްތަކުންގެ ރުހުމަކީ ކުލަކުލައިން ދިއްލޭ ބޮތްކެއް ފަދައެއްޗެކެވެ. ދިއްލިފައި އިންނައިރު ވަރަށް ރީތިވާނެއެވެ. ނިވުމުން ރީތިކަން ގެއްލުނީ އެވެ. އަނދިރިވެސް ވީއެވެ.

ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެ ނަމަ ދުވަހަކުވެސް ފަނޑުވުމެއް ނެތެވެ. ގެއްލިގެނެއްވެސް ނުދާނެއެވެ. ދުނިޔޭގައި ކައްވަޅުގައިވެސް އަދި އާޚިރަތުގައިވެސް ތިބާ އާއިއެކުގައި ވާނެއެވެ! އެކަމުގެ ފައިދާ ނުކުރާނެ ހަމަ އެންމެ ހިނދުކޮޅެއްވެސް ނުއަންނާނެއެވެ!

ވީމާ ކުރާ ކޮންމެ ކަމެއް ވެސް ކުރަންވީ ހަމަ އެންމެ ނިޔަތެއްގައެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެ މީހަކަށް އިތުރަށް ބޭނުންވާނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! ދެވަނަ އެއްވެސް ފަރާތެއްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުމެއް ނުވާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް