އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖޭއެސްސީން މެޖިސްޓްރޭޓް ސިޔާމާއަށް ފިޔަވަޅު އެޅީ ގޯސްކޮށް ކަމަށް ނިންމައިފި!

ޖޭއެސްސީން މެޖިސްޓްރޭޓް ސިޔާމާއަށް ފިޔަވަޅު އެޅީ ގޯސްކޮށް ކަމަށް ނިންމައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުހައްމަދަށް ސުލޫކީ ފިޔަވަޅު އެޅުމަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ގޯސްކޮށް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން އިއްޔެ ނިންމައިފިއެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ތިއްބެވި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މުހުތާޒް ފަހުމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިއްތިފާގުން ނިންމެވީ މެޖިސްޓްރޭޓް ސިޔާމާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކީ ފަނޑިޔާރުންގެ ސުލޫކާ ހިލާފުވާ އަމަލެއް ނޫން ކަމަށެވެ.

ޖޭއެސްސީން ސިޔާމާ އަށް ފިޔަވަޅު އަޅަން ނިންމީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި ފަރާތެއް ބަންދުން ދޫކޮށްލުމަށް ކުރި އަމުރަކާ ގުޅިގެންނެވެ.

ޖޭއެސްސީ ގެ ނިންމުމުގައި ބުނެފައިަނީ އެމައްސަލައިގައި ހުރި ހެއްކަކީ ކޮބައިތޯ ސާފުކުރުމެއް ނެތި ޙަޤީޤަތާ ޚިލާފަށްކަން އެނގޭ ކަމާއި، އަދި ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލިކަން ޝަރީޢަތުގެ މަޖިލީހުގައި އިޢުލާނު ކުރިއިރު، އެފަރާތުގެ ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ނެތް ކަމުގެ މައްޗަށް ރިޢާޔަތް ކުރިކަން ފާހަގަކޮށްފައި ނުވާހިނދު، މި ކަމުގައި އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދު ޢަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަމަށާއި އަދި ސިޔާމާ މި ޢަމަލަކީ ފަނޑިޔާރުންގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް ޢަމަލެއްކަމުގައި ވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 1-32 (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުޙައްމަދަށް ނަޞޭޙަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް 2022 އޭޕްރީލް 20 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 28 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީގެ މިނިންމުން ދިރާސާކުރުމަށްފަހު އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމި ނިންމުމުގައި ބުނެފައިވަނީ އިސް މެޖިސްޓްރޭޓް ސިޔާމާ ފަނޑިޔާރުންގެ ސުލޫކާ ހިލާފް ކަމެއް ކުރައްވާފައި ނުވާ ކަމަށެވެ. ފަނޑިޔާރެެއްގެ ނިންމުން ގޯސް ކަމަށް ބެލެވޭނަމަ މަތީ ކޯޓެއްގައި އިސްތިއުނާފް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި އެ މަރުހަލާ ކުރިއަށް ގެންގޮސްފައި ނެތް ކަމަށެވެ. އަދި ފަނޑިޔާރަކު ސުލޫކީ މިންގަނޑާ ހިލާފުވީ ކަމަށް ނިންމޭނީ ބޭރު ފުށުން ފެންނަ ގޮތަށް އެފަދަ އަމަލެއް ކުރެއްވުމުން ކަމަށްވެސް ބުނެފައިވެ އެވެ.

https://www.docdroid.net/SvH8uVL/final-draft-siyama-mohamed-v-jsc-final-hsmpdf-pdf

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު