އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފަލުގަ ކައިވެނި ދަމަހައްޓައިދޭނީ ކައިވެނީގެ ރަސްމިއްޔާތުގަ ދެމަފިރިން ސޮއިކުރާ ކަރުދާސްގަނޑެއް ނޫން! ދެމީހުންގެ ލޯތްބާ ވަފާތެރިކަން!

އުފަލުގަ ކައިވެނި ދަމަހައްޓައިދޭނީ ކައިވެނީގެ ރަސްމިއްޔާތުގަ ދެމަފިރިން ސޮއިކުރާ ކަރުދާސްގަނޑެއް ނޫން! ދެމީހުންގެ ލޯތްބާ ވަފާތެރިކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަތައް ހުންނާނެއެވެ! މައްސަލަތައް ޖެހޭނެއެވެ. އެކަންކަން ޙައްލުކޮށް އުފާވެރިކަމާއި ތަޤްވާވެރިކަމާއިއެކުގައި ދިރިއުޅުމަކީ ޖިހާދެއްކަމަށް ޢިލްމުވެރިން ސިފަކުރައްވަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. 

ކައިވެންޏަކީ ހަމައެކަނި ދެފަރާތުން ސޮއިކޮށް ވެވޭ އެއްބަސްވުމެކެވެ. އަދި އެ އެއްބަސްވުމަކީ ދެމަފިރިން އެކުގައި އުމުރަށް ދިރިއުޅޭނެ ކަމުގެ ގަރަންޓީއެއް ނޫނެވެ! އެކަމަށް ގަރަންޓީއަކަށް ވާނީ ދެމީހުންގެ ލޯތްބެވެ! ވަފާތެރިކަމެވެ. އޯގާތެރިކަމެވެ. އެކަކު އަނެކަކަށް އަޅައިލުމެވެ! ކައިވެނި ކާމިޔާބުވާނީ ކުރެވޭ ކައިވެންޏާއެކު ލޯބި ދިރުވައި ދަމަހައްޓައިގެންނެވެ. ލޯބި ދިރުވައި އާލާކޮށް ދެމެހެއްޓޭނީ މިބުނި ކަންތައްތަކުންނެވެ. 

ލޯބި ދެމެހެއްޓުމުގެ ގަރަންޓީއަށް ބޭނުންވާ ޝަރުޠުތަކުގެ ތެރޭގައި، އެކަކު އަނެކަކަށް އަޅައިލުމާއި އިޙްތިރާމްކުރުމާއި ދޫދޭންޖެހޭ ކަންކަމުގައި ދޫދިނުމާއި އިތޔުބާރުކުރުމާއި ޤަދަރުކުރުމާއި ދެމީހުންގެ މެދުގައި ގާތް ރަޙްމަތްތެރިކަން ދެމެހެއްޓުމާއި މަރުވުމާއި ހަމައަށް ލޯބިން އެކުގައި އުޅުމަށް ޢަޒުމް ކަނޑައެޅުން ހިމެނެއެވެ. 

މިކަންކަން ކައިވެނީގެ އެއްބަސްވުމުގައި ނުލިޔުނު ނަމަވެސް ޚުޠުބާގައި ކިޔައިދެއެވެ. ވީމާ ކައިވެނީގެ ވީޑިއޯ އިން ޚުޠުބާ ގިނަގިނައިން އަޑުއަހާށެވެ! އަދި އެއިގައި ދޭ ނަޞޭޙަތްތަކަށް ފުރިހަމައަށް ޢަމަލުކުރާށެވެ. އެއިރުން ކައިވެނީގެ އުފާވެރިކަމަށް ދުވަހަކުވެސް ފަނޑުވުމެއް ނުއަންނާނެއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް