އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ޕާސްޕޯޓާއި އެކު 200 އަށް ވުރެ ގިނަ ގައުމުގައި 90% އާއި ހަމައަށް ރޯމިންގް އަގުތަކުން ޑިސްކައުންޓް!

އުރީދޫ ޕާސްޕޯޓާއި އެކު 200 އަށް ވުރެ ގިނަ ގައުމުގައި 90% އާއި ހަމައަށް ރޯމިންގް އަގުތަކުން ޑިސްކައުންޓް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދު ކަސްޓަމަރުން، އަމިއްލަ ސިމްކާޑުން ކަންބޮޑުވުމެއް ނެތި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ފަރުމާކޮށްފަިއވާ ޙާއްސަ ސިމް ކާޑް އުރީދޫ ޕާސްޕޯޓް މެދުވެރިކޮށް ރޯމިންގ ރޭޓްތަކުން %90އާއި ހަމައަށް ޑިސްކައުންޓް ލިބިވަޑައިގަނަނަވައެވެ. އުރީދޫ ޕާސްޕޯޓަކީ 100އަށް ވުރެ ގިނަ 4ޖީ ރޯމިންގ ބޭނުންކުރެވޭ ގައުމުތައް ހިމެނޭ ގޮތަށް 200+ އަށްވުރެ ގިނަ ގައުމުގައި އެންމެ ހެޔޮ އަގުގައި ރޯމިންގެ ހިދުމަތް ލިބޭ ސިމް ކާޑެކެވެ.

"އާންމުކޮށް ދަތުރުކުރާ ކަސްޓަމަރުންނަށް، ދަތުރު މަތީގައި އުޅޭއިރު އާއިލާ އާއި ރައްޓެހިންގެ ހާލު ބަލާލާ ގުޅުން ބަދަހި ކޮށްލުމަށް އުރީދޫ ޕާސްޕޯޓަކީ ވަރަށް ފުރިހަމަ ޙިދުމަތެއް. 200+ ގައުމުގައި ރޯމިންގ ރޭޓްތަކުން 90% އާއި ހަމައަށް ޑިސްކައުންޓް ލިބުމާއެކު، މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް. އަޅުގަނޑުމެންގެ ޓީމުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެންމެ ފުރިހަމަ ހިދުމަތްތަކާއި އެކު ކޮންމެ ތަނެއްގައި، ކޮންމެ ވަގުތަކުވެސް، ހެޔޮ އަގުގައި ފަސޭހަކާމާއެކު ކަސްޓަމަރުން ގުޅުވާލަދިނުމަށް." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް.

އުރީދޫ ޕޯސްޓްޕެއިޑް ރޮމިންގް ކަސްޓަމަރުން އަދި އަލަށް ރޯމިންގް އެކްޓިވޭޓް ކުރާ ކަސްޓަމަރުން އެންމެ ހެޔޮ އަގުގައި ރޯމިންގް ގެ ޙިދުމަތް ހޯދާލުމަށް ގްރޭޓަރ މާލޭގެ ކޮންމެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރއަކަށް ވަޑައިގެން އުރީދޫ ޕާސްޕޯޓް ސިމަކަށް އަޕްގްރޭޑް ކޮށްލެވޭނެ އެވެ. ޑޭޓާ ރޯމިންގް ހިދުމަތް ފަސޭހަކަމާއެކު *929*6# ގުޅާލައިގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން ފޮނުގައި "އޮޓޮމެޓިކް" ސިމް އެޕްލިކޭޝަން ސެޓިންގްސް ޙިޔާރު ކުރެއްވުމުން އުރީދޫ ޕާސްޕޯޓް ކަވަރޭޖް ލިބޭ ގައުމުތަކުގައި ރޯމިންގް ހިދުމަތް ބޭނުން ކުރަން ފެށުމާއެކު އުރީދޫ ޕާސްޕޯޓް ސިމް އަމިއްލައަށް އެކްޓިވޭޓް ވެގެން ދާނެއެވެ.

ސިމް ކާޑު އުރީދޫ ޕާސްޕޯޓް ސިމް އަކަށް ބަދަލުކުރުމަށް ނުވަތަ އުރީދޫ ޕާސްޕޯޓް ކަވަރޭޖް ނުލިބޭ ގައުމުތަކުގައި ރޯމިންގް ކަސްޓަމަރުންނަށް އަދިވެސް ސްޓޭންޑަޑް ރޯމިންގް ރޭޓުތަކާއި އެއްގޮތަށް ރޯމިންގެ ޙިދުމަތް ބެނުންކުރެވޭނެއެވެ. ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕްލޭންއަކަށް ބަދަލުވާން ބޭނުންވާ އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން، އުރީދޫ ޕާސްޕޯޓް ސިމް ޑީއެކްޓިވޭޓްކޮށް އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލަންޖެހޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު