އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރަށްދާން އެޅި ކޮންމެ ފިޔަވަޅަކަށް 1 އަހަރު ދުވަހު ރޯދަހިފުމާއި އަޅުކަންކުރިކަމުގެ ޘަވާބު ހޯދެން އެބައޮތެވެ!

ހުކުރަށްދާން އެޅި ކޮންމެ ފިޔަވަޅަކަށް 1 އަހަރު ދުވަހު ރޯދަހިފުމާއި އަޅުކަންކުރިކަމުގެ ޘަވާބު ހޯދެން އެބައޮތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

"ޚުޠުބާ ދެއްވާ ބޭފުޅާ މިސްކިތަށް ވަނުން ސުންނަތް ގޮތަކީ އެންމެފަހުންނެވެ. (އެންމެފަހުން މިސްކިތަށް އެރުމެވެ.) ވަދެގެން ދާގޮތަށް މިންބަރަށް އެރުމެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟްގެ މިބަސްފުޅުން އެނގެނީ ޚުޠުބާ ވިދާޅުވާ ޚަޠީބް ނުވަތަ ހުކުރުކުރާ އިމާމް ހުކުރަށް މިސްކިތަށް ވަންނަންވީ އެންމެ ފަހު ވަޤުތުގައިކަމާއި އެންމެ ރަނގަޅު ގޮތަކީ ދާގޮތަށްގޮސް މިންބަރަށް އެރުން ކަމެވެ. 

މީސްތަކުންނަށް އޮތީ ވީހާކުރިއަކުން ހުކުރަށް ދިއުމެވެ. 

عَنْ أَوْسِ بْنِ أَوْسٍ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنِ اغْتَسَلَ يَوْمَ الْجُمُعَةِ وَغَسَّلَ وَبَكَّرَ وَابْتَكَرَ وَدَنَا وَاسْتَمَعَ وَأَنْصَتَ كَانَ لَهُ بِكُلِّ خَطْوَةٍ يَخْطُوهَا أَجْرُ سَنَةٍ صِيَامُهَا وَقِيَامُهَا  

Aws ibn Aws reported: The Prophet, peace and blessings be upon him, said,

 “Whoever performs a thorough ritual bath on Friday, proceeds at the earliest to the mosque, sits below the Imam and listens carefully without talking, he will have a reward for each step he took a year’s worth of fasting and praying.” 

Source: Sunan al-Tirmidhī 496

Grade: Sahih (authentic) according to Al-Albani  

މިޙަދީޘްފުޅަށް ބައްލަވާށެވެ! ހުކުރު ދުވަހު ވީހާ އަވަހަކަށް ހިނައި ޠޯހިރުވެގެން (ފެންވަރައިގެން) އަވަހަށް ހުކުރަށް ގޮސް އިމާމް މީހާ އާއި ވީހައި ގާތުގައި އިނދެގެން ޚުޠުބާ ކަނުލައި އަހައި ބޭކާރު ވާހަކަ ނުދައްކައި އިނދެއްޖެނަމަ އޭނާ ހުކުރަށްދާން އެޅި ކޮންމެ ފިޔަވަޅަކަށް އެއް އަހަރު ދުވަހު ރޯދަހިފުމާއި އަޅުކަންކުރިކަމުގެ ޘަވާބު ދެއްވަވާނެތެވެ! 

ވީމާ މިއީ ދޫކޮށްލަން ހެޔޮވާވަރުގެ ޢަމަލެއް ނޫނެއްނޫންތޯއެވެ؟ 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް