އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިދަރިންނަށް ސަމާލުކަން ނުދޭ، ޚިޔާނާތްތެރިވާ މީހުންނާއިއެކު އުޅޭނަމަ ތިމާގެ ކިބައިގައިވެސް ހަމަ އެ ސިފަ އަށަގަންނާނެ!

އަނބިދަރިންނަށް ސަމާލުކަން ނުދޭ، ޚިޔާނާތްތެރިވާ މީހުންނާއިއެކު އުޅޭނަމަ ތިމާގެ ކިބައިގައިވެސް ހަމަ އެ ސިފަ އަށަގަންނާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

އަމިއްލަ ދިރިއުޅުމަށް ބަލައިލާށެވެ! އަނބިދަރިންނަށް ސަމާލުކަން ނުދޭ މީހުންނާއިއެކު އުޅޭނަމަ ތިމާގެ ކިބައިގައިވެސް ހަމަ އެ ސިފަ އަށަގަނެއެވެ. އަނބިދަރިންނަށް ސަމާލުކަން ދޭ މީހުނާއިއެކުގައި އުޅޭ ނަމަ އަނބިދަރިންނަށް ދެވޭ ސަމާލުކަން ދާނީ އިތުރުވަމުންނެވެ.

އަނބިންނަށް ނުވަތަ ފިރިންނަށް ޚިޔާނާތްތެރިވާ މީހުނާއިއެކުގައި އުޅޭނަމަ ހަމަ އެ ސިފަތައް ތިމާގެ ކިބައިގައި ވެސް އަށަގަންނާނެއެވެ. އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޚިޔާނާތްތެރިވުމަކީ ކުރެވޭ ކުށެއް ކަމުގައެއް ނުވިސްނޭނެއެވެ. އެކަމުގެ ސަބަބުން ޒަވާޖީ ޙަޔާތް ރޫޅި، ލިބިފައިވާ ލޯބިލޯބި ދަރިންކޮޅަށް ލިބިދާނެ ނިކަމެތި ކަމަށް ނުވިސްނޭނެއެވެ.

އަދި ހަމަ އެއާއެކު ތިމާގެ އެކުވެރިންނަކީ އެމީހެއްގެ މައިންބަފައިންނަށާއި ޢާއިލާއަށް އަޅައިނުލާ ބައަކު ކަމުގައިވެއްޖެނަމަ ހަމަ އެސިފަ ތިމާގެ ކިބައިގައިވެސް ހަރުލައެވެ. މިހެން ގޮސް މިފަދަ ކިތަންމެ ގިނަ މިސާލުތަކެއް ވެސް ދެއްކިދާނެއެވެ.

ވީމާ ޒަވާޖީ ޙަޔާތުގެ ފޮނިމީރުކަން ލިބި އުފަލުގައި ދިރިއުޅެން ބޭނުންވާނަމަވެސް، ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރަން ބޭނުންނަމަވެސް ރަނގަޅު އެކުވެރިން ޚިޔާރުކުރަން އެބަޖެހެއެވެ. އަދި ރަޙިމުގެ ގުޅުން ބާއްވައި ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން އުޅެން ބޭނުންނަމަވެސް މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.

މިއީ "ރަސޫލާ (ﷺ) އޭނާއަކީ އަލިފާންކަމުގަ މިސާލުޖައްސަވާފައިވާ މީހުންނާއެކު އުޅޭނަމަ ގާތީ އާޚިރަތް ގެއްލުމުގެ އިތުރުން ޒަވާޖީ ޙަޔާތާ ދުނިޔެވެސް ގެއްލުން!" މިސުރުޚީގެދަށުން ލިޔެފައިވާ ލިޔުމުގެ ބައެކެވެ. މިބައި ވަކިން ގެނެސްދިނީ މިއީ މުޖުތަމަޢުގައި އޮތް އެންމެ ބޮޑު އެއް މައްސަލަކަމަށް ގިނަ ބައަކަށް ފާހަގަކުރެވޭތީއެވެ.)

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް