އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިއްރުން ތިމާއަށް ކުރެވިފައިވާ ފާފައެއްގެ ވާހަކަ އެންމެ ގާތް އެކުވެރިޔާގެ ގާތުގަ ބުނުމަކީވެސް ކިހައި ބޮޑު ފާފައެއްކަން އެނގޭހެއްޔެވެ؟

ސިއްރުން ތިމާއަށް ކުރެވިފައިވާ ފާފައެއްގެ ވާހަކަ އެންމެ ގާތް އެކުވެރިޔާގެ ގާތުގަ ބުނުމަކީވެސް ކިހައި ބޮޑު ފާފައެއްކަން އެނގޭހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ތިމާއަށް ސިއްރުން ކުރެވިފައި ހުނަން ފާފަ އެހެން މީހުންނަށް އެންގުމުން ލިބޭނެ ޢަޛާބުގެ ބޮޑުކަން އެނގޭ މީހާ "ބެސްޓް ފްރެންޑް" ގާތުވެސް އެފަދަ ކަމެއްގެ ވާހަކަ ނުދައްކާނެއެވެ.  

Prophet said,

"All of my ummah will be forgiven except those who publicise their sins." 

ނިކަން މިޙަދީޘްފުޅުގެ މާނައަށް ވިސްނައިލަބަލާށެވެ. ޙަދީޘް ބަސްފުޅުގައި އެވަނީ އެމީހަކަށް ކުރެވޭ ފާފަތަކުގެ ވާހަކަ ހާމަކުރާ މީހުންނަށް ﷲ ތަޢާލާ ޢަފޫ ނުކުރައްވަވާނެ ކަމަށެވެ. ކުރެވުނު ފާފައިގެ ވާހަކަ ޢާންމުކުރުމުގެ މާނައަކީ ދުނިޔެއަށް އިޢުލާނުކުރުން ކަމަށް ދެކެގެން ނުވާނެއެވެ. އެއްވެސް މީހަކަށް އެންގުމަކީ ޢާންމުކުރުމެވެ. 

އެހެން އެވަނީ ކީއްވެގެންހެއްޔެވެ؟ ފުރަތަމަކަމަކަށް ތިބާއަށް ކުރެވުނު ފާފަ ﷲ ތަޢާލާ ސިއްރުކުރައްވަވާފައިވަނިކޮށް ތިބާ އެކަން ޢާންމުކޮށް ބޭޒާރުކޮށްލަނީއެވެ. ދެވަނަ ކަމަކަށް އެމީހެކެއް ކުރެވޭ ފާފަތަކުގެ ވާހަކަ ދެއްކުމަކީ ފާފަކުރަން އެހެން މީހުންނަށް ދެވޭ ހިތްވަރެކެވެ. އެއިރުން އެވެވެނީ ޝައިޠޯނަކަށެވެ. 

ކަން އޮތީ މިފަދައިން ނަމަވެސް ދެލޯބިވެރިން ކުރާ ފާފަތަކާއި އެހެންވެސް ފާފަތަކުގެ ވާހަކަ އެކުވެރިންނަށް އިތުބާރުކޮށް އެމީހުންގެ ގާތުގައި އެބަ ދެއްކެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ދެދުނިޔެ ގެއްލިގެން ހިނގައިދާނެ ބޮޑު ފާފައެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް