އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް މުސައްލަމަތީ ހުއްޓޭއިރު އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް-

ނަމާދަށް މުސައްލަމަތީ ހުއްޓޭއިރު އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

މިސްކިތުގައިވިޔަސް ގޭގައިވިޔަސް ނަމާދަށް މުސައްލަމަތީގައި ހުއްޓޭއިރު އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމަކީ ވިސްނުން ނަމާދަށް ޚާއްޞަކުރުމެވެ. އެކަންކުރެވޭނީ ހިތުން ބޭކާރު ކަންކަން އެވަޤުތައް ފުހެލެވިގެންނެވެ. ބޭކާރު ވިސްނުންތަކާއި ދުރުހެލިވެވިގެންނެވެ.

ތިބާއަކީ ފަޚުރުވެރިވުން ޙައްޤުމީހެކެވެ. ތިބާ އައިސް ތިއަ ހުއްޓުނީ ބަންގިއަށް ޢަމަލުކުރާށެވެ! ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވެ ނަމާދުކުރާށެވެ. އަދި އެކަން ކުރަނީ ތިމާއަށް ފަލާޙާއި ކާމިޔާބު ލިބިގަތުމަށްޓަކައެވެ.

އެހެންވީމާ ދެން ތިބާކޮށްލަންވީ ކަމަކީ ކުރަން އުޅޭ ނަމާދަކީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވާނެ ފެންވަރުގައި ކުރެވޭ ނަމާދަކަށް ހަދަން މަސައްކަތްކުރުމެވެ. ނަމާދަށް ހުރެ ބޭކާރު ވިސްނުންތައް ވިސްނައި ސިކުނޑި އެހެންކަންކަމުގައި އަނބުރާ މީހަކަށް ފުރުހަމަ ގޮތުގައި ނަމާދެއް ނުކުރެވޭނެއެވެ. އަދި ކީއްހެއްޔެވެ؟ ނަމާދުގައި ޣާފިލުވެގެން ތިބޭ ނުވަތަ ޣާފިލުވެގެންހުރެ، ޣާފިލްކަންމަތީގައި ނަމާދުކުރާ މީހުންނަށް ﷲ ތަޢާލާ ވަނީ ލަޢްނަތްލައްވަވައިފައެވެ.

ލޮބުވެތިއަޚުންނާ އުޚުތުންނޭވެ! މިސްކިތަށް އަރަމުން ނުވަތަ މުސައްލައަށް އަރަމުން އަހަރެމެންގެ ފައިވާން ބާލައި ބޭރުގައި ބަހައްޓަމު ނޫން ހެއްޔެވެ؟ އެހިސާބުން ދުނިޔޭގެ ބޭނުންތައްވެސް ހިތާއި ވަކިކޮށް މިސްކިތުން ބޭރުގައި ބަހައްޓާށެވެ. ދުނިޔޭގެ ބޭނުންތައް ހިފައިގެން މިސްކިތަށް އަރާ މީހާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ މިދުނިޔެވެސް އެދުނިޔެވެސް ނުލިބޭނެތީއެވެ. މާނައަކީ އެފަދަ މީހަކަށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނަމާދު ނުކުރެވޭނެ ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް