އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫގެ މިއަހަރުގެ ކަލަންޑަރު- ކާބޯތަކެތި ހެއްދުމަށް ހިތްވަރުދީފި!

އުރީދޫގެ މިއަހަރުގެ ކަލަންޑަރު- ކާބޯތަކެތި ހެއްދުމަށް ހިތްވަރުދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ދުނިޔޭގެ އިޤްޠިޞޯދަށް އަންނަމުންދާ ބޮޑެތި މައްސަލަތަކާއިއެކު ދުނިޔޭގެ ކާބޯތަކެތީގެ ޖަމިއްޔާ، އެފްއޯއީން އެޤައުމެއްގައި ހެއްދެން ހުރި ވީހާ ގިނަ ބާވަތްތައް ވީހައި ގިނައިން ހެއްދުމަށް ގެންދަނީ ގޮވާލަމުންނެވެ. އެޖަމިއްޔާއިން ބުނަމުން ގެންދަނީ ހޫނު މޫސުމުގެ ދުވަސްތައް ގިނަވުމާއި އާދައާއި ޚިލާފަށް ހޫނުގަދަވުމާއި ޤުދްރަތީ ކާރިސާތައް ގިނަވަމުން އަންނާތީ ކާބޯތަކެތީގެ އުފެއްދުންތެރިކަން ދުނިޔޭގެ ނިޞްބަތުން ވަރަށް ބޮޑުތަން ދަށަށްދާނެ ކަމަށެވެ. 

ސުވާލަކީ ރާއްޖޭގެ ރަށްތަކަކީ ކުދިކުދި ރަށްތަކަކަށްވުމުން ފުޅައު ދާއިރާއެއްގައި ދަނޑުވެރިކަން ނުކުރެވޭނެ ކަމަށް ބަލައި އަތްއުރާލައިގެން ތިބެންވީތޯއެވެ؟ އެގޮތަށް ތިބެއްޖެނަމަ "ފުޑް ސެކިޔުރިޓީ" ޔަޤިންކުރެވިދާނެތޯއެވެ؟ 

ދުނިޔޭގެ ހަލަބޮލިކަންހުރި ގޮތުން ކޮންމެ ވަޤުތަކު ކޮންމެ ކަމެއްވެސް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. ދުނިޔޭގެ ޗާޓަށް ބަލައިފިނަމަ ރަސިޔާ އާއި ޔޫކްރޭން އޮތީ ރާއްޖެ އާއި ވަރަށް ދުރުގައެވެ. ނަމަވެސް ހަނގުރާމަފެށުމާއިއެކު ރާއްޖެއަށް އަސަރުކުރިއެވެ. ކާބީތަކެތީގެ އަގުތައް އުފުލިގެންދިއައެވެ. ޚާއްޞަކޮށް ކޮކުޅާއި ކުޅުގެ ބާވަތްތަކުގެ އަގުތަކެވެ. ސަބަބަކަށްވީ ގިނަ އަދަދަކަށް އެބާވަތްތައް ޔޫކްރޭނުން ރާއްޖެއަށް އެތެރެކުރާ ކަމެވެ. 

ރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީކުރަން ހަރުދަނާ ގޮތެއްގައި މަސައްކަތްކުރެވިއްޖެނަމަ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ކަމާއި އެއީ ވިޔަފާރީގެ ގޮތުންވެސް ފައިދާހުރި މަސައްކަތެއްކަން ވަނީ ތަޖުރިބާ ކުރެވިފައެވެ. ތީފަރިދޫ ފަދަ ރަށްތަކުގައި ކުރާ ދަނޑުވެރިކަމުގެ ސަބަބުން މަސައްކަތްކުރާ ފަރާތުގެ އިތުރުން އުފެއްދުންތަކުގެ އަގުތައް ބާޒާރުގައި ހެޔޮވެ ހެޔޮ އަގުގައި ގަންނަން ލިބެއެވެ. ކުއްލިކުއްލިއަށް އަގުތައް އަގުތައް އުފުލިގެން ދިއުން މަދުވެގެންދެއެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު އެއް މުވާސަލާތީ ކުންފުނިކަމަށްވާ އޫރިދޫ އިން މިއަހަރުގެ ކަލަންދަރު ތައްޔާރުކުރުމުގައި "ގްރޯވިތް އޫރިދޫ" ގެ ނަމުގައި ކޮށްފައިވާ މަސައްކަތަކީ ދަނޑުވެރިކަމުގެ މުޅި ސިނާއަތަށް ލިބިގެންދިއަ އިތުރު ހިތްވަރަކަށްވަނީވެފައެވެ. ޒުވާން ދަނޑުވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުން ދަނޑުވެރިންނަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. 

އޫރިދޫގެ ރިޕޯޓް: ޒުވާން ދަނޑުވެރިޔާގެ ވީޑިއޯ: 

https://ooredoomle-my.sharepoint.com/personal/naifa_jihad_ooredoo_mv/_layouts/15/stream.aspx?id=%2Fpersonal%2Fnaifa%5Fjihad%5Fooredoo%5Fmv%2FDocuments%2F2023%2FGrow%20with%20Ooredoo%2FZuvaan%20Dhanduveriya%5F1%2Emp4&ga=1

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް