އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު
ރާއްޖޭގެ ވިޔަފާރީގެ ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތްދަށުގައި ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގެ ވިޔަފާރި ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތްދަށުގައި ކަމަށާއި އެގޮތުން އާންމު ވިޔަފާރިތަކާއި ހޮޓާ ވިޔަފާރިތަކަށް ބެލިކަމުގައިވިޔަސް ފެންނަނީ އެ މަންޒަރު ކަމަށާއި ބޭރުގެ ނުފޫޒު ރާއްޖެއަށް އެންމެ ގަދަވި ޒަމާނަކީ މިދުވަސްވަރުކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ގައުމުގެ ހާލަތު މިހާރު އޮތީ ބިދޭސީން އެ މީހުން ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދީފައިވާ ތަން ކަމަށެވެ.
"އެއްގޮތަކަށްވެސް މިއުޅެނީ މި ސަރުކާރު ވައްޓާލަން އެކަހަލަ ކަމެއް ކުރާކަށްނޫން. މިއަދުވެސް މި ސަރުކާރު ވައްޓާލާ ކަމަށްވާނަމަ އެކަމާ އަޅުގަނޑު ދެކޮޅު ހަދާނަން. ވިޔަފާރީގަ ބިދޭސީންގެ ނުފޫޒު އޮތް މިންވަރު އިންތިހާއަށް ބޮޑު. ބޮޑެތި މަސައްކަތްތައްވެސް މިދެނީ ބޭރުގެ ކުންފުނިތަކަށް. އެ މީހުންވެސް ސަބްކޮށްފަ އަނެއްކާވެސް ބޭރުގެ ބަޔަކަށް މިދެނީ. މާލޭ ލޯކަލް މާރުކޭޓުވެސް ކޮންޓްރޯލް ކުރަނީ ބިދޭސީން." އަލީ ހުސެއިން ވިދާޅުވިއެވެ.
Advertisement
16 މާޗް 2023