އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަސް ފެށުމުން ރޯދަވީއްލަން ދިނުމުގައި ސަމާލުކަންދޭންވީ ބައެއް ކަންކަން-

ރަމަޟާން މަސް ފެށުމުން ރޯދަވީއްލަން ދިނުމުގައި ސަމާލުކަންދޭންވީ ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ރަމަޟާން މަސް ފެށުމާއިއެކު މީސްތަކުންނަށް ރޯދަ ވީއްލުން ދިނުމަށްޓަކައި ގިނަ ބައަކު މިސްކިތްތަކަށް ކާބޯތަކެތި ގެންދެއެވެ. ރޯދަ ވީއްލުން ދިނުމަށް މިސްކިތްތަކަށް ކާބޯތަކެތި ގެންދިއުމަކީ މަތިވެރި އަޅުކަމެކެވެ.

ނަމަވެސް އެތައް ބައަކު ގެންދާނަމަ ގިނަވެ އިތުރުވެދާނެއެވެ. އެޙާލަތުގައި އެންމެ ފައިދާހުރި ގޮތަކަށްވާނީ ބޭނުންޖެހިފައިވާ ފަޤީރު ޢާއިލާއަކަށް ރޯދަވިއްލުން ދިނުމެވެ. އެހެނީ މީހުންނަށް ރޯދަ ވީއްލުން ދޭންއޮތީ ހަމައެކަނި މިސްކިތަކު ނޫނެވެ. ގެއަކަށް ގެންގޮސްގެން ދިންނަމަވެސް މަގުމަތިން ދިން ނަމަވެސް އެކަމުގެ ޘަވާބު ހަމަ އެއް މިންވަރަކަށް ދެއްވަވާނެތެވެ.

މިސްކިތަށް ގެންދިއުމަކީ އެންމެ ފަސޭހަގޮތެވެ. ނަމަވެސް ބޭނުންޖެހިފައިވާ މީހުން ހޯދައިގެން ރޯދަވީއްލުންދޭނަމަ އެކަމަށް ކުރި މަސައްކަތަށްވެސް އުޖޫރަ ދެއްވަވާނެތެވެ. ވީމާ ތިމާއަކީ އެންމެ ގިނައިން މިސްކިތަށް ތަކެތި ގެންދާ މީހާކަމުގައިވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އެންމެ ބޮޑަށް ޙާލުގައި ޖެހިފައިވާ މީހުންނަށް ރޯދަވީއްލުން ދިނުމުން ކުރާނެ ފައިދާ މާބޮޑެވެ!

ދެން އޮތީ ރޯދަވީއްލަން ގެއަށް ދައުވަތުދިނުމެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް ފަޤީރުން އެމީހުންގެ ގޭގައި ޢާއިލާގެ މީހުން ނުކައި ތިއްބައި މީރުކޮށް އެކަނިކާން ފަސޭހަނުވެދާނެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އަތުގައި ހުރި މިންވަރަކުން ކިތަންމެ މަދު މިންވަރެއް ނަވެސް އޭނާގެ ޢާއިލާއަށް ގެންދަން ދިނުމެވެ. އެއިރުން ގޭގައި ތިބި އެންމެންނަށް އެކަމުން ފައިދާކުރާނެތީއެވެ!

ގިނައިން ހުރިނަމަ ގިނައިން ދޭށެވެ! ޘަވާބު އިތުރުވާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް