އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު
އައްވާބީނަ ނަމާދަކީ ޟުޙާ ނަމާދެވެ. މިނަމާދުގެ ވަގުތަކީ އިރުއެރުމަށްފަހު ގާތްގަޑަކަށް ފަނަރަވަރަކަށް މިނިޓް ފަހުން ފެށިގެން ގޮސް މެންދުރާ ހަމައަށެވެ. މި ނަމާދުގައި ކިޔުމަށް ވަކި ޚާއްޞަ ޛިކުރެއް ސުންނަތުގައި އައިސްފައިނުވެއެވެ. އެހެނިހެން ނަމާދުތަކުގައިވެސް ކިޔާތަކެތި ކިޔުމުން އިންޝާ ﷲ ރަގަޅުވާނެއެވެ.
والله أعلم.
ސަޖިދާގައި ކިޔާ ދުއާގެ އިތުރަށް ކަމަކަށް އެދި ކުރަން ބޭނުންވާ ދުއާއެއް ސަޖިދައިގައޮވެ ކިޔުން:
ސުންނަތް ނަމާދެއް ނަމަ ސަޖިދާގައި އިތުރު ދުޢާ ކުރެވިދާނެއެވެ، ނަމަވެސް ޢަރަބި ބަހުންނެވެ. ފަރުޟު ނަމާދެއްނަމަ ވާރިދުވެފައިވާ ދުޢާ ފިޔަވާ އެހެން ދުޢާ އެއް ނުކިޔޭނެއެވެ.
ނަމާދުން ބޭރުގައި ސަޖިދަ ޖަހައި ބޭނުން ބަހަކުން ބޭނުން ދުޢާ އެއް ކުރެވިދާނެއެވެ.
(ބައެއް ޢިލްމުވެރިން ނަމާދުގެ ސަޖިދައިގައި އެމީހަކު ބޭނުން ބަހަކުން ދުޢާކުރުން ހުއްދަކުރައްވައެވެ. ނަމަވެސް އެކަން އެގޮތަށް ކުރަން އަޅުގަނޑަށް މިއުޅެނީ ހަމަނުކެރިގެންނެވެ.)
واللهأعلم
ނަމާދުގައި ހަށަންބަން ތަކްބީރު އަދި ވައްޖަހުތު ނުކިޔަސް ނަމާދު ކަމުދާނެތޯއެވެ؟
ނަމާދުގައި ހަށަންބަން ތަކްބީރާއި ވައްޖަހްތު ނުކީ ކަމުގައި ވީނަމަވެސް- އިންޝާ ﷲ- ނަމާދު ޞައްޙަ ވާނެއެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
27 މާޗް 2023