އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުނޫހުގެ ކިޔުންތެރިންނަށާ އެހީތެރިންނަށް އަދި އެންމެހާ މުސްލިމުންނަށް ޢީދު މުބާރިކް!

މިއަދުނޫހުގެ ކިޔުންތެރިންނަށާ އެހީތެރިންނަށް އަދި އެންމެހާ މުސްލިމުންނަށް ޢީދު މުބާރިކް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

އުފާވެރި ފިޠުރު ޢީދުގެ މުނާސަބަތުގައި މިއަދުނޫހުގެ ކިޔުންތެރިންނަށާއި އެހީތެރިންނަށް އަދި އެންމެހާ މުސްލިމުންނަށް ޢީދު މުބާރިކް، ޢީދުގެ ތަހްނިޔާ އަރިސްކުރަމުއެވެ. އެންމެހައި މުސްލިމުން ރަމަޟާން މަހު ކުރި އަޅުކަން ޤަބޫލުފުޅުކުރެއްވެވުން އެދި ދުޢާކުރަމުއެވެ. ރަމަޟާން މަހު ފާފަ ފުއްސަވައިދެއްވައި ނަރަކައިން މުއްތިކުރައްވަވައި ސުވަރުގެ މިންވަރުކުރެއްވެވި އަޅުންގެ ތެރޭގައި ހިމަނުއްވަވައި ދެއްވެވުން އެދިގެންވެސް ދުޢާކުރަމުއެވެ. 

މާތް ﷲ ގެ ވާގިފުޅާއިއެކު ނިމިގެންދިއައީ މިއަދުނޫހަށް އެންމެ ކާމިޔާބު ރަމަޟާން މަހެވެ! އިން ޝާ ﷲ. މިއަދުނޫހުގައި ޝާއިޢުކުރެވުނު ދީނީ ލިޔުންތަކުގެ ޢަދަދު ވަނީ އެހެން ޢާންމު މަސްތަކަށްވުރެ 20 އިންސައްތަ އިތުރުކުރެވިފައެވެ. މިއީ ކުރީގެ ރަމަޟާން މަސްތަކަށްވުރެ ނިޞްބަތުން 30 އިންސައްތަ އިތުރު ޢަދަދެކެވެ. އިން ޝާ ﷲ 

މިއަދުނޫހުން ޢާންމު ގޮތެއްގައި ލިޔުންތައް ޝާއިޢުކުރަނީ 2 ބައަކަށެވެ. ނަމަވެސް މިރަމަޟާން މަހު ވާނީ ކޮންމެ ދުވަހަކުވެސް 3 ފަހަރެއްގެ މަތިން ލިޔުންތައް ޝާއިޢުކުރެވިފައެވެ. 

ރަމަޟާން މަހުގެ އަޅުކަން ކުރަމުން މިމަސައްކަތް ކާމިޔާބުކުރެވުނީ މާތް ﷲ ގެ ޙަޟްރަތުން ވާގިއެދި ތިބެގެން މިއަދުނޫސް ޓީމުން އެކަމަށް ކުރި ބުރަމަސައްކަތުންނެވެ. އަދި މިއަދުނޫހަށް އެހީތެރިވެދެއްވާ ދީނީ ޢިލްމުވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންނެވެ. އެހެންކަމުން އެންމެހައި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ. މޢތް ﷲ ތިއަ އެންމެ ބޭކަލުންނަށް ހެޔޮ ރަހްމަތް މިންވަރުކުރައްވަވާށި! އާމީން  

ހަމަ އެއާއިއެކު ފާހަގަކުރަން ބޭނުންވާ ކަމަކީ ދީނީ ކަންކަމުގައި މަޢުލޫމާތު އޮޅުންފިލުވަން އެންމެ ގިނަ ޢަދަދެއްގެ ކިޔުންތެރިން ގުޅާފައިވަނީ ވެސް މި ރަމަޟާން މަހުގައެވެ. މާތް ﷲ ގެ ވާގިފުޅާއިއެކު އެހުރިހާ ބޭފުޅުންނަށްވެސް ވާނީ އެބޭފުޅުން ބޭނުންފުޅުވި ކަންކަމުގެ މަޢުލޫމާތު ދީނީ ޢިލްމުވެރިން މެދުވެރިކޮށް ސާފުކޮށް އޮޅުންފިލުވައިދެވިފައެވެ. އިން ޝާ ﷲ

ހުރި ދަތިތައް ވަރަށް ގިނައެވެ. ދުޢާއަކީ ޘާބިތުކަން ދެއްވެވުމެވެ. މަގުފަހިކޮށް ދެއްވެވުމެވެ. އާމީން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް