އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު
ޠަހާރަތުގައި ފެން އިސްރާފްކުރުން އިސްރާފްކުރުމަކީ ޙަރާމްވެގެންވާ ކަމެކެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ
:﴿إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ سورة الأعراف: 31
މާނައީ: "ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ".
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ﴾ سورة الإسراء: 27
މާނައީ: "ހަމަކަށަވަރުން އިސްރާފްކުރާ މީހުންނީ، ޝައިތާނުންގެ އަޚުން ކަމުގައިވޫއެވެ"
- ޝައިޚް އަޙްމަދު ރިމާޒް
ޝައިޚް އަޙްމަދު ރިމާޒް މިމޭރުމުން ބަޔާންކުރައްވާފައިވަނީ ވުޟޫކުރުމުގައި ހެދޭ ގޯސްތައް ބަޔާންކުރައްވަމުންނެވެ. ގެއިން ވުޟޫކުރިނަމަވެސް މިސްކިތުން ކުރިނަމަވެސް ފެން އިސްރާފްކުރުމުން އެކުރެވެނީ ޙަރާމްކަމެއްކަން ބަޔާންކުރެއްވުމަށެވެ.
Advertisement
26 މެއި 2023