އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާގެވެސް އިޙްޞާޞްތަކެއް ހުންނާނެ! ފިރިމީހާ އަޅައިނުލިޔަސް، ލޯބި ނުދިނަސް ޝަކުވާ ނުކުރާ އަނބިންނާމެދު ސަމާލުވާންޖެހޭނެ!

އަނބިމީހާގެވެސް އިޙްޞާޞްތަކެއް ހުންނާނެ! ފިރިމީހާ އަޅައިނުލިޔަސް، ލޯބި ނުދިނަސް ޝަކުވާ ނުކުރާ އަނބިންނާމެދު ސަމާލުވާންޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ތަނަވަސްކަން ލިބިގެންވާ މީހުން ކައިވެނިކޮށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަނބިމީހާގެ ކިބައިން އުންމީދުކުރި ކަންކަން ނުލިބިގެން ކަންބޮޑުވާންޖެހެއެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ކައިވެނި ރޫޅާލަންވެސް އެބަޖެހެއެވެ.  

މިކަމުގެ ސަބަބުތަކަށް ބަލައިފިނަމަ އެނގިގެންދާ ވަރަށް ގިނަ ޙަޤީޤަތްތަކެއް ވެއެވެ. މިޘާލެއްގެ ގޮތުން ބުނެލާނަމެވެ.  

ފިރިމީހާއަކީ ކިތަްނމެ ތަނަވަސް މީހަކު ނަމަވެސް ފިރިމީހާގެ ކިބައިން އަނބިމީހާ ބޭނުންވާނެ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެއެވެ. ލޯތްބާއި އަޅައިލުން ބޭނުންވާނެއެވެ. ވަޤުތުވެސް ބޭނުންވާނެއެވެ.  

ބައެއް ފިރިންނަށް ވާގޮތަކީ އޭނާ އުޅޭ ގޮތަށް އަޅާނުލައި، ކަންބޮޑުނުވެ އަނބިމީހާ ހުންނަނަމަ ބެލެވެނީ އެއީ އޭނާގެ ރަނގަޅުކަން ކަމަށެވެ. އެހެންވެ އެކަންކަމަށް ސަމާލުކަމެއް ނުދެއެވެ. ނުވެސް ވިސްނައެވެ. ކަންކަން ރަނގަޅުކުރާކަށް މަސައްކަތެއްވެސް ނުކުރެއެވެ.  

އެކަމަކު ބުނަންހެއްޔެވެ؟ ފިރިމީހާގެ އެބާވަތުގެ ކަންކަމާއި އެއްވެސް ވަރަކަށް ނުބެހޭނަމަ ކަންބޮޑުވުން ފައުޅުނުކުރާނަމަ އަނބިމީހާއަކީ ފިރިމީހާދެކެ ޙަޤީޤީ ލޯބިވާ އަންތބެއް ނޫނެވެ. އޭނާ ފިރިމީހާ އާއިއެކުގައި ދިރިއުލެނީ ލޯތްބަކުން ނޫނެވެ. ފިރިމީހާގެ ކިބައިން ލިބޭ ފައިދާތަކަކަށްޓަކައެވެ.  

މުއްސަންޖެއް ފަޤީރެއް ކިޔާނެ ކަމެއް ނެތެވެ. ކޮންމެ އިންސާނަކުވެސް ބޭނުްނވާ ކަންކަން ހުންނާނެއެވެ. ކޮންމެ އަންތބަކީވެސް ފިރިމީހާގެ ކިބައިން ކަންތައްތަކަކަށް ބޭނުންވާނެ އަންހެނެކެވެ. އަދި ފިރިންނަކީވެސް އަނބިމިހާގެ ކިބައިން ކަންތައް ތަކަކަށް ބޭނުންވާނެ ބައެކެވެ. އެކަންކަން ހޯދަން މަސައްކަތް ނުކުރާނަމަ އެއީ މައްސަލައެކެވެ.  

އެއްވެސް ޙާލެއްގައި މިބުނަނީ ބުރަކޮށް މަސައްކަތްކުރަންޖެހޭ ފިރިން ކުރާ މަސައްކަތަށް ހުރަސް އަލައި އުނދަގޫކުރުމުގެ ވާހަކައެއް ނޫނެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް އަނބިމީހާއަށް ފޯރުކޮށްދޭންޖެހޭ ކަންކަން ފޯރުކޮށްދޭންޖެހޭނެ ވާހަކައެވެ. ލޯތްބާއި އަލައިލުން ދޭންޖެހޭނެ ވާހަކައެވެ. 

- އަލަފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް