އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަރަބިއްޔާ ސްކޫލް އެޅުމުގެ ނަމުގަ ސަރުކާރުން ހަދާ ބޮޑެތި ދޮގުތަކާ ކުޅޭ ފޭކް ޑްރާމާތަކުގެ ހަޤީޤަތް-

ޢަރަބިއްޔާ ސްކޫލް އެޅުމުގެ ނަމުގަ ސަރުކާރުން ހަދާ ބޮޑެތި ދޮގުތަކާ ކުޅޭ ފޭކް ޑްރާމާތަކުގެ ހަޤީޤަތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

ބާޖަމާލުއްދީން ސްކޫލް ހުރިތަނުގައި ޢަރަބިއްޔާ ސްކޫލް އެޅުމުގެ ނަމުގައި ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހަދަމުން ގެންދާ ބޮޑެތި ދޮގުތަކާއި ރައްޔިތުންގެ ލޯތަކުގައި އަނދުން އަޅުވަން ކުޅެމުން އަންނަ ޑްރާމާތަކުގެ ޙަޤީޤަތް މިލިޔުމުގެ ތިރީގައިވާ އަޑުން އަޑުއައްސަވައިލައްވާށެވެ! 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 18 މަސް ދުވަހުން ނިންމަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި ޢިމާރާތް މިދިއަ އޮގަސްޓް މަހުގެ ނިޔަލަށް ހުންނަން ޖެހޭނީ އަޅައި އަޅައި ނިމިފައެވެ. އެޢިމާރާތް ލޮލަށް ނުފެންނާތީ ޢަރަބިއްޔާގެ ބެލެނިވެރިން ހީކޮށްގެން ތިބީ ޖިންނިތަކެއް ޢިމާރާތް ފޮރުވައި ނުދައްކާތީ ކަމަށް ބައެއް ބެލެނިވެރިން ބުނެފައިވެއެވެ. 

ދެން އަޑުއިވިގެން މިދިއައީ މިދިއަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ސިޓީ ކައުންސިލަށް ހުށަހެޅި ކުރެހުންތަކެއް ފާސްނުވެގެން ޢިމާރާތް ނުއެޅިގެން އުޅޭ ވާހަކައެވެ. ފާސްނުވެ ލަސްވެގެން އުޅޭއިރު އެއާއިއެކު ހުށަހަޅަން ޖެހޭ ސަޕޯޓިންގ ޑޮކިޔުމަންޓްތައް އަދިވެސް ހުށަހަޅާފައި ނުވާތީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު އެކަންވަނީ މިސަރުކާރުގަ ޢަރަބިއްޔާ މައްސަލައިގައި އެންމެ ގިނައިން ދޮގުހަދާ ވުޒާރާ، އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގައިފައެވެ. 

މިހުރިހާ ދޮގުތަކާއި ޑްރާމާތައް ފޮރުވާފައި ބައެއް ނޫސްތައް މެދުވެރިކޮށް ކަނޑައެޅިގެން ދޮގުމައުލޫމާތު ތައުލިމީ ވަޒީރު މެދުވެރިކޮށް ސަރުކާރުގެ އެންމެ މަތިން ނެރުވަމުން ގެންދާކަން އެއީ ޢަރަބިއްޔާ ޢިމާރާތްކުރަން އެޅެން އޮތް ހުރިހާ ހުރަސްތަކެއް މިސަރުކާރުން އަޅާނެކަން އަންގައިދޭކަމަކަށް ނުވާނީ ކިހިނަކުންތޯ؟ 

ޢަރަބިއްޔާ ޢިމާރާތް ކުރުމުގެ ވިސްނުންފުޅެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކިބައިގައި ހުރިނަމަ އެޢިމަރާތުގެ ކުރެހުންތައް ސިޓީ ކައުންސިލަށް ފޮނުވާނީ ވޯޓުލާން 10 ދުވަހަށް ވީމައިތޯއެވެ؟ އަދި އެވަރުންވެސް ފޮނުވީ ޑޮކިޔުމަންޓްތައް ހަމަނުކޮށެވެ. ފާއިތުވެގެން މިދިއަ 2،3 އަހަރު ރައީސުލްޖުމްހޫރިއްޔާ އާއި ތައުލީމީ ވަޒީރު ތިއްބެވީ ޢަރަބިއްޔާ ޢިމާރާތްކުރުމުގެ މައްސަލައިގައި އަވަހާރަފުޅެއްގައި ތޯވެސް ޢަރަބިއްޔާގެ ބައެއް ބެލެނިވެރިން ސުވާލުކުރެއެވެ. 

މާލެ ސިޓީ ކައުންސިލުގެ ފަރާތުން އަހްމަދު ޟަމީރު މިއަދުނޫހަށް ދެއްވާފައިވާ މަޢުލޫމާތު އަޑުއައްސަވައިލައްވާ! ގުޅުންހުރި އޯޑިއޯ:

 

އާރޓިކަލް ރޭޓްކުރައްވާ


16%
ވ.ރަނގަޅު
12%
ރަނގަޅު
25%
އޯކޭ
45%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް