އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާ ޚަރަދުކޮށް ދަރިންނާ އަޅާލައި، ގޭތެރޭގެ މަސައްކަތުގަވެސް އެހީތެރިވެދެނިކޮށް ފިރިމީހާއަކީ ދިރިހުރި ޤަބުރަކަށްވެ ވަރިވާން ބާނުންވި ސަބަބު-

ފިރިމީހާ ޚަރަދުކޮށް ދަރިންނާ އަޅާލައި، ގޭތެރޭގެ މަސައްކަތުގަވެސް އެހީތެރިވެދެނިކޮށް ފިރިމީހާއަކީ ދިރިހުރި ޤަބުރަކަށްވެ ވަރިވާން ބާނުންވި ސަބަބު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ފިރިމީހާގެ ކިބައިން ވަރިވާން ބޭނުންވެގެން ލަފައަކަށް އެދި އައި އަންހެނެކެވެ. އޭނާ ބުނީ ފިރިމީހާ ޢާއިލާއަށް ޚަރަދުކުރާކަމަށެވެ. ދަރިންނާއިވެސް އަޅައިލާކަމަށެވެ. އަދި ގޭތެރޭގެ މަސައްކަތުގައިވެސް އެހީތެރިވެދޭކަމަށެވެ. 

އެހެންކަމާއިއެކުވެސް ވަރިވާން ބޭނުންވާ ސަބަބާއިމެދު ސުވާކުރުމުން ބުނީ ފިރިމީހާ ހުރީ މަރުވެފައި ކަމަށެވެ. ޤަބުރަކާއި ކައިވެނިކޮށްގެން ނުއުޅެވޭނެ ކަމަށެވެ. 

ފިރިމީހާ ތިއަ ހުރިހާ ކަންކަން ކޮށްދޭއިރުވެސް ޤަބުރަކަށްވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ކިޔައިދިނެވެ. "ފިރިމީހާ މަރުވެފައި ހުންނާތީ އަހުރެންކުރާ އެއްވެސް ކަމަކަށް ކޮމެންޓެއް ނުކުރެއެވެ. ކިތަންމެ ރަނގަޅު ކަމެއް ކުރިޔަސް ތަޢްރީފެއް ނުކުރެއެވެ. ކިތަންމެ މީރުކޮށް ކެއްކުނު ނަމަވެސް އެވާހަކަވެސް ނުބުނެއެވެ. އަދި ކައިވެނިކުރީންސުރެ އަހުރެން ދެކެ ލޯބިވާކަމަކަށްވެސް ނުބުނެއެވެ. އެއްވެސް ކަމެއް ރަނގަޅުކުރަން ކުރަންވީ ކަމެއްވެސް ނުބުނެއެވެ. އެހެންވީމާ އޭނާ އެހުރީ މަރުވެފައި ނޫންހެއްޔެވެ؟" 

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ކޮންމެ އަންތބަކީވެސް ތަފާތު އަންހެނެކެވެ. ވީމާ ބޭނުންވާ ކަންކަންވެސް ތަފާތުވާނެއެވެ. ކިތަންމެ ގިނަ ފައިސާތަކެއް އަތަށްދީ ހިތްފުރާފައި ބެއިންދި ނަމަވެސް ތެދުވެރި އިޚްލާޞްތެރި އަނބިންނަށް އެކަމުން ނުފުދޭނެ ކަމަށް ބުނަން ޖެހެނީ މިފަދަ ސަބަބުތައް އަބަދުވެސް ފެންނާތީއެވެ. 

ހެޔޮލަފާ ރަނގަޅު އަނބިންގެ ކުރިމަތީގައި އެމީހުންނަށް ދެވޭ އެންމެ އަގުބޮޑު ހަދިޔާއަކީ ލޯތްބާއި އަޅައިލުމެވެ. ބުނާ ތަޢްރީފްގެ ބަސްތަކެވެ. އެހަދިޔާ ނުލިބޭނަމަ އެކުގައި ދިރިއުޅެން ބޭނުމެއް ނުވާނެއެވެ. 

ދެން ނިކަން ވިސްނައިލަބަލާށެވެ! އަގު ބޮޑު ހަދިޔާތައް ގަންނަނީ އަތުން ބޮޑެތި ޚަރަދުތައް ކޮށްފައެވެ. ހިތްއުފާވާފަދަ ތަޢްރީފްގެ ބަހެއް ބުނެލަން އެންމެ ލާރިއެއްވެސް ޚަރަދުކުރާކަށް ނުޖެހެއެވެ. އެހެންކަމަށްވާއިރު ގިނަގިނައިން ތަޢްރީފްގެ ބަސް ނުބުނަންވީ ކީއްވެގެން ހެއްޔެވެ؟ ލޯބިވާކަން ދުލުން ގިނަގިނައިން ހާމަނުކުރަންވީ ކީއްވެގެން ހެއްޔެވެ؟

 

- މަޢުލޫމާތު: ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


21%
ވ.ރަނގަޅު
18%
ރަނގަޅު
27%
އޯކޭ
32%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް