އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާފަކުރުން ހުއްޓާލަން ހަމަ ޙަޤީޤަތުގަވެސް ބޭނުން މީހުންނަށް އޮތް އެންމެ ފަސޭހަ މަގު-

ފާފަކުރުން ހުއްޓާލަން ހަމަ ޙަޤީޤަތުގަވެސް ބޭނުން މީހުންނަށް އޮތް އެންމެ ފަސޭހަ މަގު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 50 ސިކުންތު

ފާފަކުރުނަ ހުއްތާލަން ބޭނުންވާ މީހުންގެ ވާހަކަ އެހައި ގިނައިންދައްކަން ޖެހެނީ އެމީހުންނަށް ހިތްވަރުދޭންޖެހޭތީއެވެ. ފާފައެއް ކުރެވޭ މީހަކު އެކަން ހުއްޓާލަމް މަސައްކަތްކުރާނަމަ އޭނާއަށް އެހުރެވެނީ ޖިހާދެއް ކުރުންމަތީގައެވެ. 

ފާފަކުރުމާއި ދުރުހެލިވެ ފާފަކުރުން ހުއްޓާލަން ބޭނުންމީހާއަށް އެކަމަށް އޮތް އެންމެ ފަސޭހަ އެއްމަގަކީ ޛިކުރުކުރުން ގިނަކުރުމެވެ. އެހެނީ ޛިކުރުމަކީ ﷲ ތަޢާލާގެމަތިން ހަނދުމަކުރުމެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކޮށްފި މީހަކަށް ފާފަކުރުމާއި ދުރުހެލިވެވޭނެއެވެ. އިން ޝާ ﷲ 

"އަދި އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ ނުވަތަ، އެއުރެންގެ ނަފްސްތަކަށް އަނިޔާވެރިވެއްޖެނަމަ (އެބަހީ ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފއްސެވުން އެދި ދުޢާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވައި ފާފަ ފއްސަވާނީ ފަހެ ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ޙާލް، އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ." (އާލްޢިމްރާން: 135) 

ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން އެންޓިބައޮޓިކްސް ދޭނެ ޖެހޭ ކަންކަމުގައި ޑޯޒް ލިޔެދީފައި ޑޯޒް އެކުގައި ބޭނުންކުރުމަށް ޑޮކްޓަރުން ބުނާނެއެވެ. ޑޮޒް ފުރިހަމަ ނުވަނީސް ޝިފާ ލިބުނު ނަމަވެސް ޑޯޒް ފުރިހަމަކުރަން ބުނާނެއެވެ. އެއީ ޑޯޒް ފުރިހަމަ ނުކުރާނަމަ ބަލި އަލުން ޖެހުމުގެ ފުރުޞަތު ބޮޑުކަމުންނެވެ. 2،3 ދުވަހު ކެއި ބޭހުން ލުޔެއް ލިބުނު ނަމަވެސް ބަލި އެކުގައި ފަސޭހަ ނުވާނެތީއެވެ. ބަލި އެކުގައި ފަސޭހަ ނުވާނަމަ ފައިދާއެއް ނުކުރާނެތީއެވެ.

އަހަރެމެންގެ ތެރެއިން ފާފަކުރުމަށް ދެވިހިފާފައި ތިބޭ މީހުންވެސް މިކަމަށް ވިސްނަން ވާނެއެވެ. ފާފަކުރުމުން ދުރުހެލިވުމަށް ޢަޒުމް ކަނޑައަޅައިގެން ޛިކްރުކުރަން ފެށުމަށްފަހު އެކަމުން އެކުގައި ސަލާމަތް ނުވެވެނީސް ހުއްޓާލައިގެން ނުވާނެއެވެ. މެދުކަނޑާލައިފިނަމަ އަނެއްކާވެސް ޝައިޠާނާ ބާރުގަދަކޮށްލާނެއެވެ. 

ކުރެވެމުން އަންނަ ފާފައެއް ކުރުން ހުއްޓާލައި ތައުބާވުމަށް ޢަޒުމް ކަނޑައަޅައިގެން ޛިކްރުކުރަން ފަށާއިރަށް އިބިލީސް އައިސް ވަސްވާސް ދޭނެއެވެ. ބުނާނެއެވެ. "ތިއައީ ދެން ކީއްކުރަން ކުރާ ކަމެއް ހެއްޔެވެ؟ ރޭވެސް ތިބާ ފާފަކުރިއެވެ. އެކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ވީމާ ތިއަ ކިޔަވާ އެއްޗަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ތިއަކުރަނީ ހަމަ ބޭކާރު ކަމެކެވެ. ފުރަތަމަ ފާފަކުރުން އެކުގައި ހުއްޓައިލާށެވެ! ދެން ޛިކުރުކުރަން ފަށާށެވެ!" 

މިމޭރުމުން ވަސްވާސް ދިނުމުގެ ބޭނުމަކީ އެމީހަކު ފާފަފަކުރުމުން ދުވަހަކުވެސް ސަލާމަތްވިއަ ނުދިނުމެވެ. 

މީސްތަކުންނޭވެ! އިބިލީސް ދޭ މިފަދަ ވަސްވާސްތަކަށް ނުހެއްލޭށެވެ! ފާފަކުރުން ހުއްޓައިލަން ބޭނުންވާ މީހާ ޛިކުރުކުރުން ގިނަކުރާށެވެ! މެދުކަނޑައިނުލާށެވެ! އެކަމަކުން އެކުގައި ސަލާމަތްވަންދެން ހިތްވަރުކުރާށެވެ! އަދި ސަލާމަތްވުމުންވެސް ހިތްވަރުކުރާށެވެ. ޛިކުރު ކުރުމުގައި ދެމިހުންނާށެވެ! ޛިކުރުކުރުމުގައި ސާބިތުވެއްޖެ މީހަކަށް ﷲ ތަޢާލާ މަގުދައްކަވާނެތެވެ. އިބިލީހުގެ ބަހަށް ހެއްލި މެދުކަނޑާލައިފި ނަމަ އެދެވުނީ އަނެއްކާވެސް ހަމަ އެންމެ ފުލަށެވެ. އެހެންކަމުން މެދުކަނޑައިލާނަމަ ކުރިއެރުމެއް ނުލިބޭނެއެވެ. 

ޛިކުރުކުރަމުން ދަނިކޮށްވެސް ފާފައެއް ކުރެވިދާނެއެވެ. މާޔޫސް ނުވާށެވެ! ޛިކުރުކުރުން މަތީގައި ދެމިހުންނާށެވެ! ޛިކްރުކުރުމާއިއެކު ފާފަކުރާ ހިތް ނުވާނެ ގޮތެއް މިންވަރުކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ އެމީހަކު އެކަމުން ސަލާމަތްކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ! 

ޔަޤީންކުރާށެވެ! ޛިކްރުކުރުން ގިނަ ކުރުމަކީ ފާފަކުރެވުމާއި ދެކޮޅަށް ދެވޭނެ އެންމެ ވަރުގަދަ ފަރުވާއެވެ! އެހެންކަމުން ޛިކުރުކުރުމަކީ ފާފަކުރެވުމާއި ދެމެދު ލެވޭ އެންމެ ވަރުގަދަ ފާރެވެ. ފާފަކުރެވުމުން ދިފާޢުވުމުގެ އެންމެ ވަރުގަދަ އައްޑަނައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް