އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަތިސްނަމާދު ނުކުރެވެނީސް ދަރިފުޅު ހޭލައިގެން ރޯތީ ވަގުތުގަ ނަމާދުނުކުރެވިއްޖެނަމަ ޢަމަލުކުރަންވީ ގޮތް-

ފަތިސްނަމާދު ނުކުރެވެނީސް ދަރިފުޅު ހޭލައިގެން ރޯތީ ވަގުތުގަ ނަމާދުނުކުރެވިއްޖެނަމަ ޢަމަލުކުރަންވީ ގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

މިއީ އެކަނިވެރިމައިންނަށް، ނުވަތަ ފިރިމީހާ ދުރުގައި ހުރުމުން އެކަނި ދިރިއުޅެންޖެހިފައިވާ އަންހެނުން ދިމާވާ މައްސަލައެކެވެ. ފަތިސް ނަމާދަށް ހޭލިއިރު ނުވަތަ ހޭލައި ނަމާދު ނުކުރެވި އުޅެނިކޮށް ދަރިފުޅު ހޭލައިގެން ރޯން ފަށަނީއެވެ. ހުއްޓައި ވެސް ނުލީއެވެ.

އެފަދަ ޙާލަތެއްފައި ދަރިފުޅު ދޫކޮށްލާފައި ގޮސް ފަތިސްނަމާދުކުރުން ފަސޭހަކަމަކަށް ނުވާނެއެވެ. އެއިރުން ދަރިފުޅަށް ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިދާނެއެވެ. އެހެންކަމުން އެފަދަ ޙާލަތުގައި އަމަލުކުރާނެ ގޮތަކާއިމެދު މައިން ވަރަށް ގިނައިން ސުވާލުކުރެއެވެ.

މިސުވާލުގެ ޖަވާބުގައި ޢޤިލްމްވެރިން ވިދާޅުވެފައިވަނީ އިރުއެރުމުގެ ކުރިން ފަތިސް ނަމާދުކުރަން މަސައްކަތް ކުރަންވާނެ ކަމަށާއި ނަމަވެސް ދަރިފުޅު ރޯތީ ނަމާދު ނުކުރެވުނު ނަމަ ފަހުން ނަމަވެސް ވީހައި އަވަހަކަށް ފަތިސްނަމާދުކުރަންވާނެ ކަމަށެވެ.

މިއީ އެކަނިވެރި މައަކަށް ކުރިމަތިވެދާނެ ހާލަތެކެވެ. ޢިލްމްވެރިންގެ މި ބަސްފުޅުން އެނގެނީ އެހާލަތުގައިވެސް އޮތީ ނަމާދުގެ ވަގުތުގައި ނަމާދުކުރަން މަސައްކަތްކުރުން ކަމަށެވެ. ނަމަވެސް ދަރިފުޅު ރުއިން ހުއްޓާނުލުމުގެ ސަބަބުން އިރުއެރުމުގެކުރިން ނުކުރެވިއްޖެނަމަ އޮތީ ފަސޭހަވި ވަގުތަކުކުރަން މަޑުކުރުން ނޫން ކަމާއި ވީހައި އަވަހަކަށް ކުރުން ކަމެވެ.

އާރޓިކަލް ރޭޓްކުރައްވާ


17%
ވ.ރަނގަޅު
8%
ރަނގަޅު
28%
އޯކޭ
45%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް