އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމުންނަށް މުހިންމު ފިލާވަޅެއް!: މޫސާގެފާނުގެ އަތްޕުޅުން މީހަކު މަރުވިހިނދު ކަންތައް ވީގޮތް ޤުރްއާނުން: މުފްތީ މެންކް

މުސްލިމުންނަށް މުހިންމު ފިލާވަޅެއް!: މޫސާގެފާނުގެ އަތްޕުޅުން މީހަކު މަރުވިހިނދު ކަންތައް ވީގޮތް ޤުރްއާނުން: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 12 ސިކުންތު

ޤަޞްދުގައި ނޫން ގޮތަކަށް ކުރާ ކަމަކުން ނުވަތަ އޮޅުމަކުން ކުރެވޭ ކަމަކުން ނަމަވެސް މީހަކަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް، އަނިޔާއެއް ލިބިއްޖެނަމަ ތައުބާވުމަށް އަވަސްވެގަންނަން ޖެހޭނެއެވެ.

އެއްވެސް މީހަކަށް ކިތަންމެ ކުޑަނަމަވެސް ގެއްލުމެއްދޭއިރު އެންމެ ބޮޑަށް ބިރުވެތިވާންޖެހޭނީ އެކަން އެނބުރި ތިމާއާއި ދިމާއަށް އައުމުން ތިމާއަށް ލިބޭނެ ގެއްލުމާއިމެދުގައެވެ. މީހަކަށް ކިތަންމެ ކުޑަ ނަމަވެސް ގެއްލުމެއް ދީފިނަމަ ނުވަތަ މީހަކަށް އެއްވެސް އަނިޔާއެއް ކޮށްފި ނަމަ އެކަން އެނބުރި އެމީހަކަށް އަންނާނެއެވެ. އެއީ ޔަޤީން ކަމެކެވެ.  

މޫސާގެފާނަށް މީހެއްގެ ގައިގައި ޖެއްސެވުނެވެ. އޭނާ މެރުއްވުމުގެ ޤަޞްދަކު ނޫނެވެ. ނަމަވެސް އެމީހާ ވަގުތުން މަރުވީއެވެ. އެހިނދު ވަގުތުން މޫސާގެފާނު ފާފަ ފުއްސަވައި ދެއްވެވުމަށް އެދިވަޑައިގެން ދުޢާ ކުރެއްވެވިއެވެ. އަދި އަމިއްލަ ނަފްސަށް އަނިޔާވެރިވެވަޑައިގެންނެވިއްޖެ ކަމަށް ވިދާޅުވިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ވަގުތުން ތައުބާވެވަޑައި ނުގެންނެވި ނަމަ އެކަން އެނބުރި އަންނާނެތީއެވެ.  

"އަދި އެރަށުގެ އަހުލުވެރިން، ޣާފިލް ކަމުގައިތިބި ތަންވަޅެއްގައި އެކަލޭގެފާނު ރަށުތެރެއަށް ވެދެވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ، ތަޅާފޮޅާ ދެމީހެކެވެ. އެތަނުން އެކަކީ، އެކަލޭގެފާނުގެ ބައިގެ މީހެކެވެ. އަނެކަކީ އެކަލޭގެފާނުގެ ޢަދުއްވުންގެ ތެރެއިންވާ މީހެކެވެ. ފަހެ، އެކަލޭގެފާނުގެ ޢަދުއްވުންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުންއެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ. އެހިނދު މޫސާގެފާނު އޭނާގެ ގައިގައި މުށްކަވާފައި ޖެއްސެވިއެވެ. ފަހެ (އެހިނދު) އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ. (އެބަހީ: އޭނާގެ ގައިގައި ޖެއްސެވުމުން، އޭނާ މަރުވީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންތައްމިވީ ޝައިޠާނާގެ ޢަމަލުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެ ޝައިޠާނާއީ ބަޔާންވެގެންހުރި މަގުފުރައްދާ ޢަދާވާތްތެރިއެކެވެ." (އަލްޤަޞަޞް: 15)  

"އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާއަށް އިބަރަސްކަލާނގެ ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." "އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ނިޢްމަތްދެއްވާފައިވާތީ، ފަހެ، ދުވަހަކުވެސް ކުށްވެރިންނަށް ވާގިވެރިވާ މީހެއްކަމުގައި މިއަޅާ ނުވާހުށީމެވެ." (އަލްޤަޞަޞް 16، 17) 

މިއާޔަތްތަކުން އެނިގެން މިދަނީ ޤަޞްދުގައި ނޫން ނަމަވެސް ފާފައެއް ކުރެވިއްޖެ ނަމަ ވަގުތުން ތައުބާވާން ޖެހޭނެ ކަމެވެ. ތައުބާވުން ލަސްކޮށްގެން ނުވާނެ ކަމެވެ. ހަމައެއާއިއެކު ތައުބާވުން އަވަސްވެގަންނަ މީހާގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ކަމެވެ. " ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." އޮތުން އެއީ ތައުބާވުމަށް ލިބޭ އިތުރު ހިތްވަރަކަށް ހަދާށެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް