އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިކަންކަން އެނގޭނަމަ ތިމާ އުފެއްދެވި ސިފަ އާއިމެދު ހަމައެކަކުވެސް ކަންބޮޑެއް ނުވާނެ! އެންމެ ރީތި މީހަކަށް ވެވޭނެ ގޮތްވެސް މިއޮތީ! އިން ޝާ ﷲ

މިކަންކަން އެނގޭނަމަ ތިމާ އުފެއްދެވި ސިފަ އާއިމެދު ހަމައެކަކުވެސް ކަންބޮޑެއް ނުވާނެ! އެންމެ ރީތި މީހަކަށް ވެވޭނެ ގޮތްވެސް މިއޮތީ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

ގައިގެ ކުލަ ދޮންވެގެން، ކަޅުވެގެން، އިސްކޮޅުން ދިގުވެގެން ކުރުވެގެން، ހަށިގަނޑު ފަލަވެގެން ހިކިގެން ނުވަތަ އެނޫންވެސް ﷲ ތަޢާލާ ތިމާ އުފެއްދެވި ސިފައާއިމެދު ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ ޤިޔާމަތް ދުވަހު މީސްތަކުން ސުވަރުގެ ވައްދަވާއިރު، ދުނިޔެއަށް އެމީހަކު ފޮނުއްވެވި ސިފައިގެ ސަބަބުން އެންމެ މާރކްސްއެއްވެސް އިތުރެއް ނުކުރައްވަވާނެތެވެ. 

ބުނަން ހެއްޔެވެ؟ ތިމާ އުފެއްދެވި ސިފަ ތިމާއަށް ކަމުނުގޮސް ހިތްހަމަ ނުޖެހިގެން އުޅެންޖެހެނީ އެހެން މީހުން އުފައްދަވާފައިވާ ސިފައަށް ބެލޭތީއެވެ. އެއީ އެއްގޮތަކަށްވެސް ކުރަންޖެހޭ ކަމެއް ނޫނެވެ. ތިބާ ހުރި ސިފައިގައި ތިބާ ދުނިޔެއަށް ފޮނުއްވެވީ އޭނާ ހުރި ސިފައިގައި އޭނާވެސް ދުނިޔެއަށް ފޮނުއްވެވި ﷲ ތަޢާލާއެވެ. އެކަމުގައި އޭނާގެ އެއްވެސް މޮޅުކަމެއް އަދި ތިބާގެ އެއްވެސް ދެރަކަމެއް ނެތެވެ. 

ކުޑަކުޑަ މިޘާލެއްވެސް ބުނެފާނަމެވެ. އަހުރެން ވަރަށް ރަނގަޅަށް ދަންނަ ދެމްފިރިންނެވެ. އަނބިމީހާގެ ކޮލުގައި ބޮޑު ލަފެއް އިނދެއެވެ. އެ އިންނާތީ އޭނާގެ ފިރިމީހާ އޭނާގެ މޫނަށް  ބޮސްދޭ މިންވަރު މަދެއް ނުކުރެއެވެ. ދެމަފިރިން ދިރިއުޅެމުން އަންނަނީ ވަރަށް ލޯބިންނެވެ. 

އިންސާނުންނަށް މަތިވެރިކަމާއި އުފާވެރިކަން ލިބެނީ އެއްވެސް މީހަކު ދުނިޔެއަށް ފޮނުއްވެވި ސިފައިގެ ސަބަބަކުން ނޫނެވެ. އޭނާގެ ހިތްހެޔޮކަމާއި ރިވެތި އަޚްލާޤާއި ތަޤްވާވެރިކަމުންނެވެ. އަހުރެމެން މަސައްކަތްކުރަންވީ ދުނިޔެއަށް ފޮނުއްވެވި ސިފަ ބަދަލުކުރާކަށް ނޫނެވެ. މަސައްކަތްކުރަންވީ އެންމެންނަށް ހިތް ސާފުކޮށް، އަޚްލާޤް ރަނގަޅުކޮށް ތަޤްވާވެރިވުމަށެވެ. 

އިސްކޮޅުން ކުރުކަމުން އެންމެން މަލާމާތްކުރަމުން އައި ޞަޙާބީއަކު ޤިޔާމަތް ދުވަހު ލައްވަވާނީ އެންމެ މަތީ ދަރަޖައިގައިކަން ޙަދީޘްފުޅުން އެނގެން އެބަ އޮތެވެ. ސިފަހުތުރުކަމުން ކައިވެނިކުރަން ހުރިހާ އަންހެނުން ނުރުހުންވަމުން އައި ޖުލައިބީބަށް އަނބިކަނަބަލަކު ހޯއްދަވައި ދެއްވެވީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެ ޞަޙާބީ ޝަހީދުވުމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކީރިތިފުޅު ކުރެއްވެވިއެވެ. އަދި ޝަހީދުވެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލެވުނު ހިނދު އޭނާއަށް ސުވަރުގެއިން ޙޫރަލްޢީނުން ދެއްވެވިތަން ﷲ ތަޢާލާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެއްކެވިއެވެ. 

މިފަދަ އެތައް ކަމެއް ބަޔާންކުރެވިދާނެއެވެ. ވީމާ ތިމާ އުފެއްދެވި ސިފައާއިމެދު ކަންބޮޑުނުވާށެވެ! ކުރިންވެސް މިބުނި ފަދައިން ހިތް ޠޯހިރުކޮށް އަޚްލާޤް ރަނގަޅުކޮށް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ! އެއިރުން ތިމާއަށް ހުރެވޭނީ އެންމެ ރީތި ސިފައިގައެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް