އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު
ބައެއް މީހުން އެމީހުންގެ އެކުވެރިޔާއަށްޓަކައި ތިމާ އެންމެ ލޯބިވާ މީހާވެސް އެބަ ދޫކޮށްލައެވެ. އެފަދަ އަގުބޮޑު ހަދިޔާއެއް ދިނުމުންވެސް، ހަދިޔާ ލިބޭފަހުން ހަދިޔާދިން އެކުވެރިޔާގެ ދިލަތިކަން އެބަ ހަނދާން ނައްތައިލައެވެ. އަދި މަދުން ނަމަވެސް ދުޝްމިނުންނަށްވެސް އެބަ ބަދަލުވެއެވެ.
އަނެއް ބައަކު ދުޝްމިނުންނަށް ބަދަލުނުވި ނަމަވެސް އެކުވެރިކަންމަތިން އެބަހަނދާން ނައްތާލައެވެ. ގުޅުން ކަނޑާލައެވެ. ނުވަތަ ދުރުވެގަނެއެވެ.
މިފަދަ ކަންކަމަކީ ހަމަ ހިނގާނެ ކަންކަމެވެ. ސަބަބަކީ އެންމެންގެ ހިތުގައި ދީލަތިކަމާއި ވަފާތެރިކަން އެއްވަރުނުވެދާނެތީއެވެ. އިންބާފަށް ލޯބިކުރުމާއި އަގުވަންކުރުމުގައި މައްސަލަތައް ކުރިމަތިވަނީ އެހެންވާތީއެވެ.
މީހަކަށް ކަންކަން ކޮށްދޭއިއރުވެސް އަދި އެއްޗެއް ދިންނަމަވެސް އެއިގެ ބަދަލުގައި އެފަދަ ކަމެއް އޭނާ ތިބާއަށް ކޮށްދީފާނެ ކަމަށް ހީވެސް ނުކުރާށެވެ! އެހެނީ އޭނާގެ ހިތަކީ ތިބާގެ ހިތް ފަދަ ދީލަތި ހިތަކަށް ނުވެދާނެއެވެ!
ކޮންމެއަކަސް އެކުވެރިޔާއަށްޓަކައި ބޮޑެތި ކަންކަން ކޮށްދިނުމުން އެކަމުގެ އަގުވަޒަން ނުކުރުމުން މާޔޫސްވުމަކީ މެދުވެރިވަމުން އަންނަ ކަމެކެވެ. ޙައްލަކީ ކޮންމެ މީހަކަށް ކޮންމެ ކަމެއް ކޮށްދިންނަމަވެސް އަދި އެމީހަކަށްޓަކައި ކިތަންމެ ބޮޑު ޤުރްބާނީއެއްވީނަމަވެސް އެކަންކަން ކުރަންވާނީ އަނެކާގެ ކިބައިން ކިތަންމެ ކުޑަނަމަވެސް ބަދަލެއް ނުލިބޭނެކަމަށް ބަލައިގެންނެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އެދިގެންނެވެ.
އެއިރުން ދެރަވެ މާޔޫސްވާކަށް ނުޖެހޭނެއެވެ! އަޅައިވެސް ނުލާ ހުރެވޭނެއެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
3 ޑިސެމްބަރ 2023