އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާ ބަލިކުރުވާފަ އެކަން ބަހަނާއަކަށް ދައްކާފަ ދެވަނަ އަންތބަކު ހޯދާ މީހުންނަށް ޤިޔާމަތް ދުވަހު ސަލާމަތްވެވޭނެތަ؟: މުފްތީ މެންކް

އަނބިމީހާ ބަލިކުރުވާފަ އެކަން ބަހަނާއަކަށް ދައްކާފަ ދެވަނަ އަންތބަކު ހޯދާ މީހުންނަށް ޤިޔާމަތް ދުވަހު ސަލާމަތްވެވޭނެތަ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

އަޅުގަނޑުގެ ޢުމުރުން 50 އަހަރެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް 20 އަހަރެވެ. 8 ދަރިން ވަނީ ލިބިފައެވެ. ދަރިން ބަލައި ބޮޑުކުރަން ހުރިހާ ބުރަތަކެއް އުފުލީ އަޅުގަނޑެވެ. ފިރިމީހާއަށް ލިބޭ މުށާރައިން ނުފުދޭތީ ފައިސާ ހޯދަން މީހުންނަށް ދޮވެއިސްތިރިކޮށްދިނީމެވެ.

މިއަދު އަޅުގަނޑަކީ ބަލިމީހެކެވެ. އުނަގަނޑުގައި ރިއްސާތީ ހިންދެމިލަންވެސް އުނދަގުލެވެ. މިޙާލުގައި އަޅުގަނޑު ބާކީކޮށްލައި މިހާރު އުޅެނީ ދެވަނަ ކައިވެނިކުރާށެވެ. ނިކަން ބުނެބަލާށެވެ. މިއީ ހަމަ އިންޞާފުތޯއެވެ؟

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުމުން ވަރަށް ފުރިހަަމ ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ތިބާގެ އަތުގައި އޮތީ ހަމަ އެންމެ ފަހުގެ އައު ކާރެކެވެ. ބާރުސްޕީޑްގައި ފުއްވާފައި ގޮސް ތަނެއްގައި ޖައްސައި ކާރު ހަލާކުކޮށްލަނީއެވެ. ދެން މިދައްކަނީ ކާރު އެކްސިޑެންޓްވެ ހަލާކުވެގެން އައު ކާރެއް ގަންނަ ވާހަކައެވެ. އަތުގައި ފައިސާ ހުރުމުން އައުކާރެއް ގަންނަނީއެވެ.

އަނބިންނާއިމެދުގައިވެސް ބައެއް މީހުން ކަންކަން ކުރަނީ ހަމަ މިއުޞޫލުންނެވެ. އަނބިމީހާއަށް ނުކުޅެދޭވަރަށް އޭނާ ލައްވައި މަސައްކަތްކުރުވައި ބަލިކަށިކުރުވަނީ އެވެ. ބަލިކަށިކުރުވުމަށްފަހު ދެވަނަ ކައިވެންޏެއްކުރަން ބަހަނާއަކަށް ދައްކަނީ އަނބިމީހާގެ ބަލިކަށިކަމުގެ ވާހަކައެވެ. އެއްވެސް ކަމެއް ކޮށްނުދެވޭ ވާހަކައެވެ.

އަހުރެން ބުނާނީ ހެޔޮލަފާ އަނބިންގެ އަގު ވަޒަން ނުކުރާ ފިރިއަކަށް ވަޒަން ކުރެވޭނެ އެއްވެސް ހެޔޮ ކަމެއް ނޯންނާނެ ކަމަށެވެ. އެހެން ބުނަން މިޖެހެނީ ސަބަބުތަކެއް ހުރުމުންނެވެ. ވިސްނައިގެން އަޑުއަހާށެވެ.

އަނބިމީހާ ބަލިކަށިވީއެވެ. ގުނަވަންތަކުގައި ކުރިން ހުރި ބާރު ނުހުންނަނީއެވެ. ވިސްނައިލަންވީ ކައިވެނިކުރިއިރު އޭނާ ހުރީ އެހާލަތުގައި ކަމާއިމެދުގައެވެ. އެހާލަތަށް އަނބިމީހާ ދިއައީ ތިބާގެ ދަރިންތައް ވިހެއުމުން ނޫން ހެއްޔެވެ؟ އެދަރިންތައް ބަލައި ގޭގެ މަސައްކަތްކުރަން ހަދައިގެން ނޫން ހެއްޔެވެ؟ އެކަމުގައި ތިބާ އެހީތެރިނުވީތީ ނޫންހެއްޔެވެ؟

ގެއަށް އަންނައިރު އަނބިމީހާ ނިދާފައި އޮންނަނީއެވެ. ސުވާލަކީ އިރު އެރީންސުރެ އިރު އޮއްސި 8،9 ޖަހަންދެން ގޭތެރޭގެ މަސައްކަތާއި ދަރިން ބެލުމުގައި އޭނާ ކުރި މަސައްކަތާއިމެދު ވިސްނައި ނުލަނީ ކީއްވެގެން ހެއްޔެވެ؟ ޢާންމު ގޮތެއްގައި އަނބިން ހެނދުނު މަސައްކަތް ފަށަނީ ހެނދުނު 6 ޖަހާއިރުއެވެ. ނުވަތަ އެއަށްވުރެވެސް ކުރިންނެވެ. އަންހެނަކަށް މަސައްކަތުން ސަލާމަތްވެވޭނީ އެންމެ އަވަހަށްވެސް ރޭގަނޑު 9 ޖެހުމުގެ ފަހުންނެވެ. ދަރިން ނިންދަވާފައެވެ. ބަދިގޭ މަސައްކަތްވެސް ނިމިގެންނެވެ. ތެށިތަލި ދޮވެހަދައިފައެވެ. ވީމާ ހެޔޮ ލަފާ ގެދޮރުވެރި އަނބިންނަކީ ރޭގަނޑު 9 ޖެހުމާއި ހަމައަށް މަދުވެގެން ދުވާލަކު މެދުކެނޑުމެއް ނެތި 15 ގަޑިއިރު މަސައްކަތްކުރާ ބައެކެވެ. 15 ގަޑިއިރު މެދުކެނޑުމެއްނެތި މަސައްކަތްކުރުމަށްފަހު ފިރިމީހާ ގެއަށް އަންނަހައިއިރެއްވަންދެން ހޭލާ ހުންނަން އޭނާ އަކީ އަޅެފަހެ ރޮބޮޓެއް ހެއްޔެވެ؟

ނިކަން ވިސްނައިލަބަލާށެވެ! ކޮންމެ ކަމެއްގައިވެސް ދެކޮޅު ބަލަން ޖެހޭނެއެވެ. ދަރިން ބެލުމަށާއި ގޭގެ މަސައްކަތްކުރަން ނޯކިރީން ލައިދީފައި ތިބޭނަމަ ޝަކުވާ ކުރެވިދާނެއެވެ. ނަމަވެސް ވިސްނައިލަން ޖެހޭނެ ކަމެއް އެބައޮތެވެ. އިންސާނުންނަކީ ނިދި ބޭނުންވާ ބައެކެވެ. ހަމަ ނިދި ނުލިބޭނަމަ ބޮޑެތި ޞިއްޙީ މައްސލަތައް ކުރިމަތިވާ ބައެކެވެ. ވީމާ ފިރި މީހާ ގެއަށް އަންނަން ވެސް ވގުތެއް އޮންނަންޖެހޭނެ ނޫން ހެއްޔެވެ؟

ގިނަ ޢާއިލާތަކަކީ ފުދުންތެރި ޢާއިލާތަކެއް ނޫނެވެ. އެހެންކަމުން ބޭނުންހައިވަރަކަށް ކައްކަން ލިބޭ ޢާއިލާތަކެއްވެސް ނޫނެވެ. އަހަރެންނަށް ފެނުނު ގިނަ ޢާއިލާތަކުގައި އަނބިން ތިބެނީ ދަރިންނަށާއި ފިރިމީހާއަށް ކާންދިނުމަށްފަހު ބާކީ ހުންނަ އެތިކޮޅު ކައިލައިގެންނެވެ. މިއީ ކުޑަ ޤުރްބާނީއެއް ހެއްޔެވެ؟

މީސްތަކުންނޭވެ! ދިރިއުޅުމުގެ ޙާލަތު ތަފާތު ޢާއިލާތައްވެސް ހުންނާނެއެވެ. މިބުނެވުނު އުޞޫލުތަކާއި ޚިލާފަށް ކަންކަން ހިނގާ ޢާއިލާތައްވެސް ހުންނާނެއެވެ. ބުނަން ބޭނުންވަނީ ފިރިމީހާވެސް އަދި އަނބިމީހާ ވެސް ޝަކުވާކުރާއިރު ޙާލަތަށް ބަލަންޖެހޭނެ ކަމެވެ. ހަމައެކަނި އެކެއްގެ ބޭނުންތަކަށް ބަލައިގެން ޝަކުވާ ކުރާނަމަ ދުވަހަކުވެސް ޢާއިލާގައި ހަމަޖެހުމެއް ނުއޮންނާނެއެވެ! ޝަކުވާ ކުރަން ވާނީ އަނެކާ އަރައިގެން ހުރި ބޫޓަށް ތިމާ އެރުމުން ދެން ކަންކަން ވާނެ ގޮތާއިމެދު ފުންކޮށް ވިސްނައިލުމަށްފަހުގައެވެ. މާނައަކީ އެކަކު އުފުލަންޖެހޭ ތަކްލީފް އުފުލަން އަނެކާއަށް ޖެހިއްޖެ ނަމަ ދެން ކަންކަން ވާނެ ގޮތާއިމެދު ވިސްނައިލުމަށްފަހުގައެވެ.

ފާށަމުންވެސް ބުނި ފަދައިން މިދައްކަނީ ހެޔޮލަފާ އަނބިންގެ ވާހަކައެވެ. ތެދުވެރި ވަފާތެރި އިޚްލާޞްތެރި އަނބިންގެ ވާހަކައެވެ. އެފަދަ އަނބިންގެ އަގު ވަޒަން ނުކުރާ ފިރިއަކަށް ވަޒަން ކުރެވޭނެ އެއްވެސް ހެޔޮ ކަމެއް ނޯންނާނެ ކަމަށް ބުނަން މިޖެހެނީ މި ސަބަބުތައް މިހެން ހުރުމުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް