އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުވާލަކު އާފަލެއްކާ މީހަކަށް ޑޮކްޓަރާ ދުރުގަހުރެވޭނެ! އުފަންވެލި ޝޮޕްތަކުން އާފަލާ ކުކުޅުގެ ބައެއް ބާވަތްތަކާ އަންނާރު ބޮޑުތަނުން އަގުހެޔޮކޮށްފި

ދުވާލަކު އާފަލެއްކާ މީހަކަށް ޑޮކްޓަރާ ދުރުގަހުރެވޭނެ! އުފަންވެލި ޝޮޕްތަކުން އާފަލާ ކުކުޅުގެ ބައެއް ބާވަތްތަކާ އަންނާރު ބޮޑުތަނުން އަގުހެޔޮކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ހެޔޮއަގުގައި ވިއްކަމުން ގެންދާ އުފަންވެލި ޝޮޕްތަކުން ފެހިއާފަލާ އަންނާރާ ކުކުޅުގެ ބައެއް ބާވަތްތައް ބޮޑުތަނުން އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ. 

ފެހި އާފަލެއްގެ އަގު ޢާންމުކޮށް ބާޒާރުގައި 5 ރުފިޔާއިން މަތީގައި ހުރިއިރު 11 ޖަނަވަރީ އިން 20 ޖަނަވަރީއަށް ކުރިއަށް ގެންދާ ޕްރަމޯޝަނުގައި ފެހި އާފަލެއް ވިއްކަނީ އެންމެ ދެރުފިޔާ ފަންސާސްލާރިއަށެވެ. 138 އަދި 150 އާފަލުގެ ކޭހެއް ވިއްކަނީ 250 ރުފިޔާއަށެވެ. 

އަންނާރުވެސް އަގުހެޔޮކޮށް ކިލޯއެއް ވިއްކަނީ އެންމެ 40 ރުފިޔާއަށެވެ. 4.5 ކިލޯގެ ކޭހެއް ވިއްކަނީ އެންމެ 140 ރުފިޔާއަށެވެ. 

ކުކުޅުގެ ބާވަތްތަކުގެ ތެރެއިން 450 ގަރާމްގެ މޭ ޕެކެޓެއް ވިއްކަނީ އެންމެ 15 ރުފިޔާއަށެވެ. 24 ޕެކެޓުގެ ކޭހެއް 324 ރުފިޔާއަށެވެ. 500 ގަރާމްގެ ޗިކަން މަލާއި ކަބާބް ޕެކެޓެއް ވިއްކަނީ 38 ރުފިޔާއަށެވެ. 10 ޕެކެޓުގެ ކޭހެއް 378 ރުފިޔާއަށެވެ. 500 ގަރާމްގެ ޗިކަން ޑްރޭގަން ކަބާބް ޕެކެޓެއް ވިއްކަނީ  38 ރުފިޔާއަށެވެ. 10 ޕެކެޓުގެ ކޭހެއް 378 ރުފިޔާއަށެވެ. 500 ގަރާމްގެ ޗިކަން ހަރިޔާލި ކަބާބް ޕެކެޓެއް ވިއްކަނީ  38 ރުފިޔާއަށެވެ. 10 ޕެކެޓުގެ ކޭހެއް 370 ރުފިޔާއަށެވެ.

500 ގަރާމްގެ ޗިކަން ތަންދޫރީ ޑްރަމްސްޓިކް ޕެކެޓެއް ވިއްކަނީ 38 ރުފިޔާއަށެވެ. 10 ޕެކެޓުގެ ކޭހެއް 378 ރުފިޔާއަށެވެ. 500 ގަރާމްގެ ޗިކަން ސްޕައިސީ ވިންގްސް ޕެކެޓެއް ވިއްކަނީ 38 ރުފިޔާއަށެވެ. 10 ޕެކެޓުގެ ކޭހެއް 378 ރުފިޔާއަށެވެ. 500 ގަރާމްގެ ޗިކަން ޕެރި ޕެރި ވިންގްސް ޕެކެޓެއް ވިއްކަނީ 38 ރުފިޔާއަށެވެ. 10 ޕެކެޓުގެ ކޭހެއް 378 ރުފިޔާއަށެވެ.

މިބާވަތްތަކުގެ އިތުރުންވެސް ގިނަ ބާވަތްތަކުގެ ކާބޯތަކެތި އުފަންވެލި ޝޮޕްތަކުން ހޯލްށޭލްކޮށް އަދި ރީޓޭލްކޮށް ވިއްކަމުން ގެންދަނީ ވަރަށް ހެޔޮ އަގުތަކުގައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް