އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބުރަ މަސައްކަތުން ހޯދާ ފައިސާ ކިތަންމެ ގިނައިން ހޭދަކުރިޔަސް، ކިތަންމެ ވަރަކަށް ބުރަ އުފުލިނަމަވެސް ކުރާ ޢަމަލުން ފައިދާއެއް ނުކޮށްފާނެ ކަމަށް ބިރުވެތިވާންޖެހޭނެ!

ބުރަ މަސައްކަތުން ހޯދާ ފައިސާ ކިތަންމެ ގިނައިން ހޭދަކުރިޔަސް، ކިތަންމެ ވަރަކަށް ބުރަ އުފުލިނަމަވެސް ކުރާ ޢަމަލުން ފައިދާއެއް ނުކޮށްފާނެ ކަމަށް ބިރުވެތިވާންޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެމީހަކަށް ލިބިފައިވާ ތަނަވަސްކަމުން  ހޭދަކޮށްފިނަމަ އެއީ ޞަދަޤާތަކަށްވާނެ ކަމަށެވެ. އަޅުކަމެއް ކޮށްފިނަމަ އެއީ އަޅުކަމަކަށްވާނެ ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިންހެން ކުށްހީއެކެވެ. ކިތަންމެ ގިނަ ޢަމަލެއް ކުރިނަމަވެސް އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއީ ތިބާ ކުޅަ ހެޔޮ ޢަމަލަކަށްވާނީ އެ ޢަމަލު ޤަބޫލުފުޅުކުރެއްވެވުމުންނެވެ. ޤަބޫލުފުޅުކުރައްވަވާނީ ތިބާގެ ނިޔަތް އިޚްލާޞްތެރިނަމައެވެ.  

އެކަން ބަޔާންކުރައްވައި _ޢާމިރު ބިން ޢީސާ ވިދާޅުވެފައިވެއެވެ.  

މިއާޔަތުގައި ބަޔާންވެފައިމިވަނީ އިސްލާމްދީނުގައި އެންމެ ބޮޑު އެއް ހެޔޮ ޢަމަލުގެ ގޮތުގައި ބެލެވޭ ﷲ ގެ ގެކޮޅު އާދެ މިސްކިތް ބިނާކުރި ބައެއްގެ ވާހަކައެވެ. ޘަވާބާއި ދަރުމައިގެ ގޮތުން ބޮޑު ޢަމަލެކެވެ. އެހެންނަމަވެސް އެ ޢަމަލު ކުރި ނިޔަތް ޚަރާބު ވުމުގެ ސަބަބުން އެ ޢަމަލު ޤަބޫލު ނުކުރެއްވީއެވެ. 

وَالَّذِينَ اتَّخَذُوا مَسْجِدًا ضِرَارًا وَكُفْرًا وَتَفْرِيقًا بَيْنَ الْمُؤْمِنِينَ وَإِرْصَادًا لِّمَنْ حَارَبَ اللَّهَ وَرَسُولَهُ مِن قَبْلُ  وَلَيَحْلِفُنَّ إِنْ أَرَدْنَا إِلَّا الْحُسْنَىٰ  وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ التوبة 107

އަދި (މުއުމިނުންނަށް) ގެއްލުން ދިނުމަށާއި، ކާފިރުކަމަށާއި، މުއިމިނުންގެ ދެމެދުތައް ވަކިކުރުމަށާއި، ކުރިން ﷲ އާއި ރަސޫލާއާ ހަނގުރާމަކުރި މީހުންނަށްޓަކައި، ބަލަބަލާ ތިބުމަށާއި (މިކަންކަމަށްޓަކައި) މިސްކިތެއް ހަދައިގެން އުޅުނު މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ހެޔޮގޮތް މެނުވީ ތިމަންމެން ގަސްދެއް ނުކުރަމުއޭ ކިޔައި، އެއުރެން ހުވާކުރާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުހަދާ ބަޔެއްކަމަށް، ﷲ ހެކިވެވޮޑިގެންވެތެވެ. 

މުޑުދާރު ނިޔަތާއި ނުބައި މަޤްޞަދަކީ، އެ ކުރާ ޢަމަލުގައި ހެޔޮ ޢަމަލުގެ ޞިފަ ޖެހިފައިނީނަމަވެސް، އެ ޢަމަލުތައް ފާސިދުކުރާ ކަންކަމެވެ. އަދި އެފަދަ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ޢަމަލުތަކެއް ނޫނެވެ. 

- ޢާމިރު ބިން ޢީސާ- ތަދައްބުރު-

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް