އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަމަހަށް ޚާއްސަކޮށްގެން ދިރާގުން ޚާއްސަ ޕްރޮމޯޝަންތަކެއް ތަޢާރަފްކޮށްފި

ރޯދަމަހަށް ޚާއްސަކޮށްގެން ދިރާގުން ޚާއްސަ ޕްރޮމޯޝަންތަކެއް ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ރޯދަމަހަށް ޚާއްސަކޮށްގެން ދިރާގުން ޚާއްސަ ޕްރޮމޯޝަންތަކެއް ތަޢާރަފްކޮށްފިއެވެ.

ދިރާގުން މިއަދު ތަޢާރަފްކޮށްފައިވަނީ ރޯދައަށް ތައްޔާރު ލަކީ ޑްރޯ އާއި ރަމަޟާން ފްރީ ރެންޓަލް ޕްރޮމޯޝަނެވެ. މީގެތެރެއިން ރޯދައަށް ތައްޔާރު ޕްރޮމޯޝަނަކީ ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތައް ސަބްސްކްރައިބް ކުރާ އައު ކަސްޓަމަރުންނަށް ރޯދަމަހަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެކެވެ.

އެގޮތުން 10 މާރިޗު 2024ގެ ކުރިން ދިރާގުގެ ޚިދުމަތަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ކޮންމެ ހަފްތާއެކު ބާއްވާ މި ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. މިލަކީ ޑްރޯގެ ފުރަތަމަ ހަފްތާގައި ހޮވޭ ފަރާތަކަށް ލިބެނީ ހިލޭ ގްރޯސަރީ ޝޮޕިންގ ސްޕްރީއެކެވެ. މީގެ ދަށުން ފިހާރައިން ބޭނުންވާ ކާބޯތަކެތި ނެގުމަށް ފުރުސަތު ދޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ދެވަނަ ހަފްތާގައި ހޮވޭ ފަރާތަށް ދިރިއުޅޭ ގޭތެރެ ސާފުކުރުން، ތިންވަނަ ހަފްތާގައި ހޮވޭ ފަރާތަކަށް ދިރިއުޅޭ ގޭގަ ކުލަލުން އަދި ހަތަރުވަނަ ހަފްތާގައި ހޮވޭ ފަރާތަށް ބަދިގެ ސާމާނު ޕެކް އިނާމެއްގެ ގޮތުގައި ލިބޭނެ ކަމަށް ދިރާގުން މަޢުލޫމާތުދެއެވެ.

ދިރާގުން ތަޢާރަފްކުރި ރަމަޟާން ފްރީ ރެންޓަލް ޕްރޮމޯޝަންގެ ދަށުން 29 ފެބުރުވަރީ 2024 ނުވަތަ އޭގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެއް މަހުގެ ހިލޭ ބިލް ހަމަޖެހޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި އެޕްރީލް 2024ގެ ފުރަތަމަ ހަފުތާގައި ކަސްޓަމަރުންނަށް ލިބޭ ބިލްގައި މި ހިލޭ ރެންޓަލް އެޕްލައިކުރެވޭނެއެވެ.

ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް، ޙަސަން ޝާރިޙް އާދަމް ބުނީ ރަމަޟާން މަހާ ދިމާކޮށް ތަޢާރަފްކުރި މިޕްރޮމޯޝަންތަކަކީ މި މަހަށް ތައްޔާރުވުމުގެ ގޮތުން ދިވެހިންގެ އާދަތަކާއި ސަގާފަތާ އެއްގޮތަށް ތަޢާރަފްކުރި ޕްރޮމޯޝަންތަކެއް ކަމަށެވެ. އަދި މިއީ މި ޚާއްސަ މަސް ފެށުމުގެ ކުރިން ކަސްޓަމަރުންނަށް އަގުހުރި އިނާމެއް ދިނުމުގެ ގޮތުން ތަޢާރަފްކުރި ޕްރޮމޯޝަނެއްކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު