އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ޒިންމާދާރު، މަތީ ފެންވަރުގެ އެތައް މަޤާމެއްގައި ތިބީ ގަރލް ގައިޑު އެސޯސިއޭޝަނުގެ ދަސްވެނިވެފައިވާ ފަރާތްތައް: ޗީފް ގައިޑް

ރާއްޖޭގެ ޒިންމާދާރު، މަތީ ފެންވަރުގެ އެތައް މަޤާމެއްގައި ތިބީ ގަރލް ގައިޑު އެސޯސިއޭޝަނުގެ ދަސްވެނިވެފައިވާ ފަރާތްތައް: ޗީފް ގައިޑް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ރާއްޖޭގެ ޒިންމާދާރު، މަތީ ފެންވަރުގެ އެތައް މަޤާމެއްގައި ތިބީ ގަރލް ގައިޑު އެސޯސިއޭޝަނުގެ ދަސްވެނިވެފައިވާ ފަރާތްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އިއްޔެ ކަސްޓަމްސްގެ ހޯލްގައި ބޭއްވި މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ ގައި  ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. 

މިޖަލްސާގައި ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢެއްގެ ނުވަތަ ޤައުމެއްގެ ކުރިއެރުމުގައި އަންހެނުންނާއި ފިރިހެނުންގެ ހިއްސާ އެއްހަމައެއްގައި ހުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އެގޮތުގައި ކުރިއަށްދިއުމަށް އަންހެނުންނަށް ތަފާތު ހުނަރުތަކާއި ތަމްރީނުތައް ލިބެންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ގަރލް ގައިޑުގެ ހަރަކާތުން ދަސްކޮށްދޭ ހުނަރުތަކާއި، ޢިލްމުތަކާއި، އަށަގަންނަ ކެރުމާއި، ހިތްވަރާއި މުރާލިކަމުގެ ނަތީޖާއަކީ، މިއަދުވެސް ރާއްޖޭގެ ޒިންމާދާރު، މަތީ ފެންވަރުގެ އެތައް މަޤާމެއްގައި ތިބީ ގަރލް ގައިޑު އެސޯސިއޭޝަނުގެ ދަސްވެނިވެފައިވާ ފަރާތްތައް ކަމަށްވުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރގެ ސެޓްފިކެޓާއި އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑް އަދި ޓްރެއިނަރސް ލެވެލްގެ ބްރޮންޒް ޕާމް ލިބިވަޑައިގެންނެވި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ބެޖް ހަވާލުކޮށްދެއްވާފައެވެ.

މިޖަލްސާގައި ގަރލް ގައިޑް އެސޯސިއޭޝަންގެ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މާލީ ބަޔާން އިއްވުން އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިއްވުން އޮތެވެ. އަދި ގަރލް ގައިޑް އެސޯސިއޭޝަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑަށް ހަނދާނީ ފިލައެއް އެރުވުންވެސް މި ޖަލްސާގައި އޮތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ