އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުދަލު ޒަކާތުގެގޮތުގައި މިދިޔަމަހު ދައުލަތަށް 5.8 މިލިއަން ރުފިޔާ ލިބިއްޖެ

މުދަލު ޒަކާތުގެގޮތުގައި މިދިޔަމަހު ދައުލަތަށް 5.8 މިލިއަން ރުފިޔާ ލިބިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

މުދަލު ޒަކާތުގެގޮތުގައި މިދިޔަމަހު ދައުލަތަށް 5.8 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު 5 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 16.7 އިންސައްތަ އިތުރު އަދަދެކެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެގޮތުގައިވަނީ 9.4 މިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 10.1 މިލިއަން ރުފިޔާގައެވެ.
2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލުކޮށްފައެވެ.

މީރާގެ ސަރވިސް ސެންޓަރުގެ އިތުރުން އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ މީރާގެ ބްރާންޗުތަކުންނާއި ކަލެކްޝަން ސެންޓަރުތަކުން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ. މީރާގެ ކަލެކްޝަން ސެންޓަރެއް ނުވަތަ ބްރާންޗެއް ނެތް ރަށެއް ނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު