އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

263 މިލިޔަން ރުފިޔާ އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައިވާނެ: އޭސީސީ

263 މިލިޔަން ރުފިޔާ އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައިވާނެ: އޭސީސީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

263 މިލިޔަން ރުފިޔާ އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އެކޮމިޝަނުން ޢާންމުކުރި އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު އެ ކޮމިޝަނުން ބެލި 15 މައްސަލައަކުން ޖުމްލަ 74 މިލިޔަން ރުފިޔާ އަނބުރާ ދައުލަތަށް ލިބެންޖެހޭކަން ނިންމާފައިވާ ކަމަށާއި މީގެ ތެރެއިން 50 މިލިޔަން ރުފިޔާގެ ތެރެއިން އެއްވެސް ފައިސާއެއް ދައުލަތަށް ލިބިފައިވޭތޯ ބެލި ބެލުމުން މީގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ 234،531 ރުފިޔާ ކަމަށެވެ.

220 މައްސަލައެއް ތަޙްޤީޤީ މަރުޙަލާއިން ވަނީ ނިންމާފައިވާއިރު މީގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅުންހުރި 84 މައްސަލައާއި، ދައުލަތުގެ ފައިސާ ނުވަތަ ތަކެތި ބޭނުންކުރުމާ ގުޅުންހުރި 27 މައްސަލައާއި ވަޒީފާއާ ގުޅުންހުރި 22 މައްސަލައާއި ކުއްޔަށް ދޫކުރެވޭ ތަން ނުވަތަ ބިމާ ގުޅުންހުރި 14 މައްސަލައާއި ގޯތިގެދޮރާ ގުޅުންހުރި 8 މައްސަލަ ހިމެނެއެވެ.

މީގެއިތުރުން ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މަޢުލޫމާތު ބޭނުންކުރުމުގެ ތުހުމަތުކުރެވޭ 185 މައްސަލައާއި، ރިޝްވަތުގެ ތުހުމަތުކުރެވޭ 16 މައްސަލައާއި، ދައުލަތަށް ފައިދާ ވާން އޮތްތަނެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ތުހުމަތުކުރެވޭ 10 މައްސަލައާއި މަނީ ލޯންޑަރިންގެ ތުހުމަތުކުރެވޭ 3 މައްސަލަ ވެސް ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ