އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ އާއި ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕާއެކު ކަސްޓަމަރުންނަށް ހާއްސަ އުމްރާ ދެ ދަތުރު ހޯދުމުގެ ފުރުސަތު!

އުރީދޫ އާއި ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕާއެކު ކަސްޓަމަރުންނަށް ހާއްސަ އުމްރާ ދެ ދަތުރު ހޯދުމުގެ ފުރުސަތު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

އުރީދޫ މޯލްޑިވްސްއިން މި ރޯދަމަހު ކުރިއަށްގެންދާ ބައެއް ހަރަކާތްތަކުގެ ޕާޓްނަރެއްގެ ގޮތުގައި ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕާއެކު ސޮއިކުރެވުނުކަން އިއުލާނުކޮށްފިއެވެ. މިއާއެކު އުރީދޫގެ ކަސްޓމަރުންނަށް 2 އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު މިވަނީ ފަހިވެފައެވެ.

މިރޯދަމަހު އުރީދޫގެ މީސް މީޑިއާ މެދުވެރިކޮށް ކުރިއަށްގެންދާ އުރީދޫ ރޯދަ ކުއިޒަކީ ޕީސް ފައުންޑޭޝަން އަދި ޤިބްލަ ގުރޫޕާއެކު ކުރިއަށް ގެންދެވޭ ކުއިޒެކެވެ. މި ކުއިޒުގައި ބައިވެރިވުމަށް އުރީދޫގެ މީސް މީޑިއާގައި އާއްމުކުރެވޭ ސުވާލުތަކަށް ދެވިފައިވާ ސުންގަޑީގެ ކުރިން ޖަވާބު ކޮމެންޓު ކުރައްވާށެވެ. ދީނީ މައުލޫމާތު ކަސްޓަމަރުންގެ ތެރޭގައި އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދެވޭ މި ކުއިޒުގެ ބޮޑު އިނާމަކަށް ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕުގެ ފަރާތުން ހުށައަޅާފައިމިވަނީ އުމްރާ ދަތުރެކެވެ. މި އިނާމު ލިބިވަޑައިންނަވާނީ އެންމެ ގިނަ ސުވާލުގެ ޖަވާބު ރަގަޅު ކުރާ ފަރާތަކެވެ. އެއްފަރާތަށް ވުރެ ގިނަ ފަރާތުން ރަގަޅު ޖަވާބުތައް ދިވާކުރައްވާފައިވާނަމަ, އިނާމު ލިބިވަޑައިންނަވާނީ ގުރުވަތުން ހޮވޭ ފަރާތަށެވެ.

“އުންމީދަކީ ޤިބްލަ ގެ ފަރާތުން ހުށައަޅާ ޢުމްރާ ދަތުރުގެ ސަބަބުން އުރީދޫގެ ރަމަޟާން މަހު ހިންގަމުންދާ ހަރަކާތްތަކުގައި ގިނަބަޔަކު ބައިވެރިވުން. އުރީދޫއިން ކުރިއަށް ގެންދާ ރޯދަ ކުއިޒުގެ ސަބަބުން ގިނަ ބަޔަކަށް ދީނީ މައުލޫމާތު ލިބިގެންދާނެކަން ޔަގީންކުރަން.” އިބްރާހިމް އަޝްވާގު, ޑިރެކްޓަރ, ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕް.

މީގެ އިތުރުން އުރީދޫގެ އަތޮޅު ދުވުން ގޭމުގެ މާރިޗު މަހުގެ ގިފްޓް ޕާޓްނަރ އަކީވެސް ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕެވެ. އަދި މާރިޗު މަހުގެ ލީޑަރބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް (31 މާރިޗު 2024, 11:59 ނިޔަލަށް) 2 މީހެއްގެ އުމްރާ ދަތުރު ވަނީ ހުށައަޅާފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު