އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަރަންޓާއި ފެންބިލްގެ ޖޫރިމަނާ މަޢާފްވާނެ: އެމްޑަބްލިއުއެސްސީ

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަރަންޓާއި ފެންބިލްގެ ޖޫރިމަނާ މަޢާފްވާނެ: އެމްޑަބްލިއުއެސްސީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަރަންޓާއި ފެންބިލްގެ ޖޫރިމަނާ މަޢާފްވާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން މަތީން ވިދާޅުވީ، އެމްޑަބްލިއުއެސްސީން ޖޫރިމަނާ މައާފްކޮށްދޭނީ 2023ގެ ނިޔަލަށް ނުދެއްކި ހުރި ބިލްތަކަށްކަމަށާޢި އެއްފަހަރާ ބިލް ދެއްކިނަމަވެސް އަދި ބައިބަޔަށް ބަހާލައިގެން ދެއްކިނަމަވެސް ޖޫރިމަނާ މައާފްވާނެކަމަށެވެ. ޖޫރިމަނާ ގާތްގަނޑަކަށް 17 މިލިއަނަށް އަރާކަމަށާއި، ފެނުގެ އަގު ނުދެއްކިގެން 45 މިލިއަން އަރާފައިވާކަމަށްވެސް މަތީން ވިދާޅުވިއެވެ. 

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ޖޫރިމަނާ މައާފްކުރުމަށް ތަންފީޒްކުރަންޖެހޭ ކަންކަން މިހާރު ކުރަމުންދާކަމަށާއި ޖޫރިމަނާ މަޢާފްވެގެން ދިއުމުން ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބި އާންމު ރައްޔިތުންނަށްވެސް ފަސޭހަތަކެއް ވެގެންދާނެކަމަށެވެ.

މީގެއިތުރުން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ، ބިލްތައް މައާފްކޮށްދޭން ހަމަޖެހިފައިވަނީ ޑޮމެސްޓިކް ކަސްޓަމަރުންނަށްކަމަށާއި ސްޓެލްކޯގެ ކަސްޓަމަރުންގެ ތެރެއިން މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހާއި ހަމައަށް ނުދެއްކި ހުރި ފައިސާއަށް އަރާފައި ހުރި ޖޫރިމަނާ މައާފްކޮށްދޭނެކަމަށެވެ.

ކަރަންޓާއި ފެންބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާތައް މަޢާފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ