އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިރެއަކީ 3 ވަނަ އޮނަހިރި ވިލޭރެއެވެ! އަޅުކަންކުރުމުގައި އިތުރަށް ހީވާގިވާން މަސައްކަތްކުރުމާއެކު ޢާއިލާގެ އެންމެންނަށާ ހުރިހާ އެކުވެރިންނަށް ޝެއާކޮށްލައްވާ!

މިރެއަކީ 3 ވަނަ އޮނަހިރި ވިލޭރެއެވެ! އަޅުކަންކުރުމުގައި އިތުރަށް ހީވާގިވާން މަސައްކަތްކުރުމާއެކު ޢާއިލާގެ އެންމެންނަށާ ހުރިހާ އެކުވެރިންނަށް ޝެއާކޮށްލައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ރަމަޟާން މަހުން މިރެއަކީ ފަހުދިހައިގެ 3 ވަނަ އޮނަހިރިއެވެ. 25 ވިލޭރެއެވެ. ވީމާ ބައެއް ކަންކަނަ ހަނދުމަކޮށްލައި ދޭނަމެވެ. 

ފުރަތަމަ ކަމަކަށްވެސް ބުނެލަން އޮތީ ލައިލަތުލްޤަދްރި ވިލޭރޭ ލިބިގަތުމަށް އުންމީދުކުރާ މީހާއަށް އޮތީ ފަހުދިހައިގެ ހުރިހާ ރޭތަކެއްގައިވެސް މަސައްކަތްކުރުމެވެ. ޚާއްޞަކޮށް އޮނަހިރިވިލޭރޭތަކުގައެވެ. 27 ވިލޭރެއަށް ނުވަތަ އެހެންވެސް ރެއަކަށް ބަލައިގެން ހުރުމެއް ނެތެވެ. 

އަހުރެންގެ ނަޞޭޙަތަކީ މިރޭވެސް ވީހައި ގިނައިރު އަޅުކަންކުރުމުގައި ހޭދަކުރުމުގައެވެ. މަޣްރިބަށް ދާގޮތަށް ތަރާވީޙް ނިމެންދެން މިސްކިތުގައި މަޑުކޮށްލާށެވެ. ގެއަށް އައިސް ލުއި ކެއުމެއް ކައިގެން އަވަހަށް (ކުޑައިރުކޮޅަކަށް) ނިދައިލާށެވެ. 2 ޖަހާއިއރު ދަމުނަމާދަށް ދާށެވެ. ނިމިގެން ކުޑައިރުކޮޅަކު ކިޔަވައިލުން، ދުޢާކުރުން، ޛިކުރުކުރުން ފަދަކަމެއް ކުރާށެވެ. 

ހާރުކާށެވެ! ހާރުކައިގެން ފަތިސްނަމާދު ޖަމާޢަތުގައިކުރާށެވެ! އިރު އަރަންދެން މިސްކިތުގައި ޛިކުރުކުރުން މަތީގައި މަޑުކޮށްލުމަށްފަހު ޟުޙާ ނަމާދުކޮށްގެން ފައިބާށެވެ. އިން ޝާ ﷲ އެއރުން އެހުރީ ލައިލަތުލްޤަދްރވިލޭރޭ ޙާޞިލުކުރަން މަސައްކަތްކުރެވި އަނެއް ދުވަސްވެސް އެންމެ ހެޔޮ ގޮތުގައި ފެށިފައެވެ. 

މީގެ އިތުރުންވެސް ކެރިފޯރުންތެރިކަން ހުރިވަރަކުން ޞަދަޤާތް ކުރުން ފަދަ ކަންކަން ކުރަންވާނެއެވެ. މިކިޔައިދިނީ ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލުރަން އެދޭމީހާއަށް އަޅުކަމުގައި ރޭ ހޭދަކުރެވިދާނެ ގޮތުގެ ކުޑަކުޑަ ތާވަލެކެވެ. އެމީހަކަށް އެންމެ ފަސޭހަވާނެ ގޮތަކަށް އެމީހެއްގެ ތާވަލުރާވައިލާށެވެ. މުހިންމު ކަމަކީ ވީހައިވެސް ގިނައިން ހެޔޮ ޢަމަލުތައް ކުރުމެވެ. 

- އިސްލާމީ ތިލަފތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް