އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ހަދަމުން ދިއަ ޞިޙުރުތަކުން ސަލާމަތްވެވުނު އަނބިމީހާ ސަލާމަތަށް އެދިގެން ޢަމަލުކުރިގޮތާ ކުރި ކަންކަމުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ހަދަމުން ދިއަ ޞިޙުރުތަކުން ސަލާމަތްވެވުނު އަނބިމީހާ ސަލާމަތަށް އެދިގެން ޢަމަލުކުރިގޮތާ ކުރި ކަންކަމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 41 ސިކުންތު

އޭނާ އޭނާގެ ކުރީގެ ފިރިމީހާއަށް ބުންޏެވެ. "ކަލޭދުވީ ސިހުރުވެރިންގެ ފަހަތުންނެވެ. އަހަރެން ދުވީ މާތް ﷲ ގެ ރަޙްމަތަށް އެދިގެންނެވެ. ރޭސް ނިމިއްޖެއެވެ. މިހިރީ އަހަރެންގެ ފިރިމީހާއެވެ." 

ސިޙުރު ހެދުމާއި ޞިޙުރު ހެއްދުވުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ފާއެއްކަމާއި އެއީ ދީނުން ބޭރުވާ ކަމެއްކަން އެނގުނަސް ޝައިޠޯނާގެ ބަހަށް ހެއްލި އެކަންކަން ކުރާމީހުންނަށާއި ކުރުވާ މީހުންނަށް ތިރީގައިވާ ވާހަކައަކީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. 

އަޅުގަނޑުގެ ފިރިމީހާގެ ކިބައިން އެއްވެސް ގޮތަކުން ހިތްހަމަޖެހުމެއް ނުލިބުމުން އަޅުގަނޑު މަސައްކަތްކުރީ ވަރިވާށެވެ! ވަރިވާން ކޯޓަށް ފޯމުލާން އުޅޭކަން އެނގުނު ހިސާބުން ފެށީ ސިހުރު ހަދާށެވެ. އެކުރި ކަމެއް ކުރަމުން ދަނިކޮށްވެސް ވަރިވެވިއްޖެއެވެ. 

އެކަނި 2 އަހަރު ދުވަހު ހުރުމަށްފަހު ކައިވެންޏެއް ކުރަން ބޭނުންވެގެން މީހަކާ ގުޅުނީމެވެ. ހަމަ ދެންމެ ދެންމެ ކައިވެނިކުރެވެން އުޅޭހިސާބަށްގޮސްފައި ކުއްލިއަކަށް ހުއްޓުނީއެވެ. އެގޮތަށް 3، 4 ފަހަރު ކަންކަން މެދުވެރިވިއެވެ. 

ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދުމުން އެނގުނީ ކޮންމެވެސް މީހަކު ހުރަސްއަޅަން ސިހުރުހައްދުވާކަމެވެ. އަދި ކުރެވުނު މަސައްކަތްތަކުން އެކަން ކުރުވަނީ ކުރީގެ ފިރިމީހާކަން ވަރަށް ގިނަ ގޮތްގޮތުން ޔަޤީންކުރެވުނެވެ. ނަމަވެސް އެކަމަކާއި އަޅައެއް ނުލަމެވެ. ޝުކުރުކޮށްލައިގެން ހުރެ ހތްވަރުކުރީ ދުޢާކުރުން ގިނަކުރެވޭތޯއެވެ. ހެޔޮ ޢަމަލުތައްކުރުން ގިނަކުރެވޭތޯއެވެ. 

ރައްކައުތެރިކަމަށްޓަކައި 2 އިރު ކިޔަންޖެހޭ ޛިކުރުތައް ކޮންމެ ނަމާދަކަށްފަހު ކިޔަންފެށީމެވެ. ކޮންމެ ދުވަހަކު ބަޤަރާ ސޫރަތް 2 އިރު ކިޔަވަން ފެށީމެވެ. ނަތީޖާވެސް ފެނުނެވެ. އެންމެ ބޭނުންވި މީހާ އާއި ކައިވެނިވެސް ކުރެވުނެވެ. އިން ޝާ ﷲ 

އެއްރޭ ފިރިމީހާ އާއިއެކު ބޭރުގައި އުޅެމުން ކުރީގެ ފިރިމީހާގެ ފިހާރައަށް ވަނީމެވެ. ކަންދިމާވިގޮތުން ކައުންޓަރުކައިރީގައި އޭނާ ހުއްޓެވެ. އަހަރެން އޭނާގެ މޫނަށް ބަލަައްޓައިގެން ހުރެ ބުނީމެވެ. "ކަލޭދުވީ ސިހުރުވެރިންގެ ފަހަތުންނެވެ. އަހަރެން ދުވީ މާތް ﷲ ގެ ރަޙްމަތަށް އެދިގެންނެވެ. ރޭސް ނިމިއްޖެއެވެ. މިހިރީ އަހަރެންގެ ފިރިމީހާއެވެ." 

އެއިރު ފިހާރައިގައި ގިނަ ބައަކުތިބީ އަހަރެން ދެއްކި ވާހަކައަށް ސަމާލުކަންދީގެންނެވެ. އޭނާ އަހަރެންނާއިމެދު އިންތިހާއަށް ދެރަ ގޮތްގޮތް ހެދިއިރަކުވެސް އެއްޗެއް ނުބުނަމެވެ. ނަމަވެސް އެރޭ އެގޮތަށް ކަންތައްކުރީ ހަމަ ޤަޞްދުގައެވެ. ބޭނުންވީ އެންމެ ކަމެކެވެ. އެއީ އެވަރުންވެސް ތައުބާވެ ސިހުރުވެރިން ފަހަތުން ދުވުން ހުޓާލައިތޯ ބެލުމެވެ. އެއީ ބޮޑުފާފައެއް ކަމާއި ކިތަންމެ ވަރަކަށް ސިހުރު ހެދިނަމަވެސް މާތް ﷲ ދެއްވަވަން އޮތް ނިޢްމަތަކަށް ހުރަސް ނޭޅޭނެކަން ވިސްނައިދިނުމެވެ. 

ސިހުރުހަދާ މީހުންނާއި ހައްދުވާ މީހުންނަކީ ވަޅިން މީހުން ކަތިލާ މީހުންނަށްވުރެ ނުބައި ބައެކެވެ. ކަތިލީމާ އެމީހާ ވަގުތުން މަރުވެއެވެ. ސިހުރު ހަދައިގެން މިކުރާ އަނިޔާއަކީ މަރުވެފައިވާ މީހެއްގެ ގޮތުގައި ދުނިޔޭގައި ދިރިއުޅެން ޖެއްސުވުމެވެ. ވީމާ އަޅުގަނޑުގެ ކުރިމަތީގައި އެކަމުން ލިބޭ އަނިޔާ މާބޮޑެވެ! އަޅުގަނޑުގެ ކުރީގެ ފިރިމީހާ ބޭނުންވީ އަޅުގަނޑަށް އެ ޙާލު ޖައްސުވާށެވެ! 

މިއަދުނޫހުގެ ކިޔުންތެރިން، ޚާއްޞަކޮށް އަޅުގަނޑުގެ އުޚުޠުންނަށް ދަންނަވާލަން ބޭނުންވަނީ ފިނޑިވެ ސިހުރުވެރިންނަށް އަމާންނުދޭށެވެ. ހެޔޮ ޢަމަލުކުރަމުން ދުޢާކުރާށެވެ! ހިތްވަރުކޮށް ކެތްތެރިވެލާށެވެ! ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް