އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަރުމާލި އާއި ކަޑިންމާހުރާ މާފަރުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި, ވެލިދޫދިއްގާ ފަޅު ބޮޑުފޮޅުދޫ ބައެއްކަމުގައި ކަނޑައަޅައިފި

ފަރުމާލި އާއި ކަޑިންމާހުރާ މާފަރުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި, ވެލިދޫދިއްގާ ފަޅު ބޮޑުފޮޅުދޫ ބައެއްކަމުގައި ކަނޑައަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ފަރުމާލި އާއި ކަޑިންމާހުރާ މާފަރުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި, ވެލިދޫދިއްގާ ފަޅު ބޮޑުފޮޅުދޫ ބައެއްކަމުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާ މިއަދު އާންމު ކުރެއްވި ގަރާރުގަައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސް އަށް ލިބިދޭ ބާރުގެ ދަށުން ނ އަތޮޅު ފަރުމުލި އާއި ކަނޑިންމާހުރާ އަކީ ނ. މާފަރުގެ ބައެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. މީގެ އިތުރުން އަރިއަތޮޅު އުތުރުބުރީ "ވެލިދޫދިއްގާ" ފަޅަކީ އެ އަތޮޅު ބޮޑުފޮޅުދޫ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުންނެއެވެ.

ނ. މާފަރުގެ އިހުތިސާސުން ދެ ފަޅުރަށާއެކު، ފަޅުގެ ބޮޑުބައެއް ކުރީ ސަރުކާރުން އުނިކޮށްފައިވުމުން އެބައި އަނބުރާ ހޯދައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު