އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައްޕައާ ފިރިމީހާއާ ދަރިފުޅު ޝަހީދުވުމުން ކަންބޮޑުނުވެ ރަސޫލް ޞޢޥ އަށް ކަމެއްވެދާނެތީ ކަންބޮޑުވެވަޑައިގެންނެވި އަންޞާރީ ކަމަނާގެ ވާހަކަ-

ބައްޕައާ ފިރިމީހާއާ ދަރިފުޅު ޝަހީދުވުމުން ކަންބޮޑުނުވެ ރަސޫލް ޞޢޥ އަށް ކަމެއްވެދާނެތީ ކަންބޮޑުވެވަޑައިގެންނެވި އަންޞާރީ ކަމަނާގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 16 ސިކުންތު

ބައެއް މީހުން ބުނެއެވެ. "ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ޞަޙާބީން އިތުރު އެކަލޭގެފާނު ދެކެ އެހައިބޮޑަށް ލޯބިފުޅުވީ އިތުރުއެކަލޭގެފާނު އެބޭކަލުންނާއިއެކުގައި ހުންނެވުމުން ނޫންހެއްޔެވެ؟ ދެން މިއަދު އަހުރެމެންގެ ހިތުގައި އޮންނަ ލޯބި ދައްކަން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟"  

ޖަވާބުގައި ބުނަން ޖެހެނީ މިއަދު ކުރެވެން އޮތްކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރިހަމަ ގޮތުގައި ތަބަޢަވެ ސުންނަތަށް ޢަމަލުކުރުން ކަމަށެވެ. އިތުރު މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހުރެމެންނާއި ހަމައަށް ގެނެސްދެއްވަވާފައިވާ އިސްލާމްދީނުގައި ޘާބިތުވެ ހުރުން ކަމަށެވެ.  

އަހުރެމެން ގަދައަޅައި މަސައްކަތްކުރަންވީ ޤިޔާމަތް ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ބައްދަލުކުރުމަށެވެ. އިތުރުއެކަލޭގެފާނުގެ ޝަފާޢަތް ލިބޭނެ މީހަކު ކަމުގައިވުމަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އަޅުގަނޑުމެންގެ ބަލިކަށިވެފައިވާ ޢަޤީދާ ވަރުގަދަކޮށް އަޅުގަނޑުމެންގެ ހަށިގަނޑުގައި ދައުރުވަމުންދާ ލޭ ހޫނުކޮށް އެކަލޭގެފާނުދެކެ ޙަޤީޤީ ލޯބިވާ ބަޔަކަށްވުމަށާއި ދީނާށާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް މަލާމާތްކުރާ މީހުންނަކީ އަޅުގަނޑުމެންގެ ދުޝްމަނުންކަމުގައި ދެކި، އެމީހުންގެ މަކަރުވެރި ދަލުން ސަލާމަތްވުމަށް، މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން އެކަލޭގެފާނު ދެކެވާ އިޚްލާސްތެރި ލޯބި ތަޞައްވަރުކޮށްލުމަށް މި ޙަޤީޤީ ޙާދިސާއިން ޢިބްރަތް ޙާޞިލްކޮށްލަމާތޯއެވެ! 

އުޙުދު ހަނގުރާމައިގައި މުސްލިމުންގެ ތެރޭގައި، ކީރިތި ރަސޫލާ صلى الله عليه و سلم ޝަހީދުވެވަޑައިގަތް ޚަބަރުފެތުރިގެން ދިޔައެވެ. ހަނގުރާމައިގެ މައިދާނުގައި ހުރި އަންޞާރީ އަންހެން ބޭކަނބަލަކާއި ހަމައަށްވެސް މި ޚަބަރު ދިޔައެވެ. އެ ވަގުތު އެކަމަނާ އަވަސް އަވަހަށް ކީރިތި ރަސޫލާގެ صلى الله عليه و سلم ޙާލުކޮޅާއި މެދު ހިތްހަމަ ޖެއްސުމަށް ދިޔައެވެ. މަގުމަތީން ދިމާވި މީހެއް ކައިރިން އެއްސެވިއެވެ. "ކީރިތި ރަސޫލާ  صلى الله عليه و سلم ކިހިނެއް ހެއްޔެވެ؟" އެ މީހާ ބުންޏެވެ. "އިއްނާލިއްﷲ ވަ އިއްނާ އިލައިހި ރާޖިޢޫން އެވެ. ކަނބުލޭގެ ބައްޕާފުޅު ޝަހީދުވެއްޖެއެވެ." 

އެހިނދު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ صلى الله عليه و سلم ކިހިނެއް ހެއްޔެވެ؟ " އެ މީހާ ބުންޏެވެ. "އެކަލޭގެފާނުގެ ޙާލުކޮޅު ރަނގަޅެވެ."

އެ ގޮތުން ދެވަނަ މީހެއް ކައިރިން ސުވާލު ކުރެއްވިއެވެ. "ކީރިތި ރަސޫލާ صلى الله عليه و سلم ކިހިނެއް ހެއްޔެވެ؟" އެ މީހާ ބުންޏެވެ. "އިއްނާލިއްﷲ ވަ އިއްނާ އިލައިހި ރާޖިޢޫން އެވެ. ކަނބުލޭގެ ފިރިކަލުން ޝަހީދުވެއްޖެއެވެ." 

އެހިނދު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ صلى الله عليه و سلم ކިހިނެއް ހެއްޔެވެ؟" އެ މީހާ ބުންޏެވެ. "އެކަލޭގެފާނުގެ ޙާލުކޮޅު ރަނގަޅެވެ." 

ހަމަ ކުރިންވެސް ކުރި ސުވާލުތައް ކުރުމަށް ފަހު ދަނިކޮށް ތިންވަނަ މީހެއް ކައިރިން އެހުމުން ދަރިކަލެއްވެސް ޝަހީދުވެއްޖެކަން އެނގުނެވެ. އަދި ކީރިތި ރަސޫލާގެ صلى الله عليه و سلم ޙާލުކޮޅު ރަނގަޅުކަމަށް ބުނެވުނެވެ. 

ވިސްނާ ބަލާށެވެ. އެކަމަނާގެ ބައްޕާފުޅާއި ފިރިކަލުންނާއި ދަރިފުޅަށްވުރެވެސް ބޮޑަށް އެކަމަނާއަށް މުހިންމުވީ، މާތް  ނަބިއްޔާ صلى الله عليه و سلم އެވެ. ޚަބަރެއް ލިބުނަސް އެ ކަމަނާ ލޮލުން ކީރިތި ރަސޫލާ صلى الله عليه و سلم ދެކި ޙާލުކޮޅާއިމެދު ޔަޤީން ކުރަން ބޭނުންވިއެވެ. އެގޮތަށް ދަމުންގޮސް އެކަމަނާއަށް ކީރިތި ރަސޫލާ صلى الله عليه و سلم ފެނިވަޑައި ގަތުމުން، އެކަމަނާގެ ހިތުގައި ވީ ނުތަނަވަސްކަން ފިލައިގެން ދިޔައެވެ.  

މާތް ނަބިއްޔާ صلى الله عليه و سلم ސަލާމަތްފުޅުން އެބަ ހުންނެވިކަން އެނގުމުންނެވެ. ދެން ބުންޏެވެ. "ކަލޭގެފާނު ހެޔޮޙާލުގައި ހުންނެވިއްޔާ، އެހެން ކޮންމެ މުޞީބަތަކީވެސް އާދައިގެ ކުޑަ ކަމަކެވެ!" 

- އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދު

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް