އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: މަންމައާ ބައްޕަ އެކުގަ ނިޔާވެ ޔަތީމްވުމުން ޢާއިލާގެ އެއްވެސް މީހަކު ބަލަން ޙަވާލުނުވި ކުއްޖަކު ބަލައި ކިޔަވައިދިން އަންހެނަކަށް ލިބުނު ބޮޑު އުފާވެރިކަން- ދުނިޔެއާ ނުބައްދަލު!

ޢިބްރަތްތެރި ވާހަކަ: މަންމައާ ބައްޕަ އެކުގަ ނިޔާވެ ޔަތީމްވުމުން ޢާއިލާގެ އެއްވެސް މީހަކު ބަލަން ޙަވާލުނުވި ކުއްޖަކު ބަލައި ކިޔަވައިދިން އަންހެނަކަށް ލިބުނު ބޮޑު އުފާވެރިކަން- ދުނިޔެއާ ނުބައްދަލު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 20 ސިކުންތު

ޔަތީމްކުދިން ބަލައި އެހީތެރިވެދޭންވީ ދުނިޔެއިން ބަދަލަކަށް އެދިގެނެއް ނޫނެވެ. އެކަމަށް ﷲ ތަޢަލާ ޤިޔާމަތް ދުވަހު ދެއްވަވާނެ ބަދަލަށް އެދިގެންނެވެ. އެއިގެ އިތުރުން ﷲ ތަޢާލާ މިންވަރުކުރައްވަވާ އަޅުންނަށް ދުނިޔޭގައިވެސް އުފާވެރިކަން ދެއްވަވައެވެ. ރަޙްމަތް ލައްވަވައެވެ. 

ތިރީގައިވާ ވާހަކައަކީ މިކަމުގައި ޢ8ިބްރަތުން ފުރިގެންވާ ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ! 

އަޅުގަނޑުގެ ބައްޕައާއި މަންމައަށް ލިބުނީ 2 ދަރިންނެވެ. އެއީ އަޅުގަނޑާއި އަޅުގަނޑުގެ އަންހެން ކޮއްކޮއެވެ. އަޅުގަނޑުމެން ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ. މަންމަ އާއި ބައްޕަ އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ދެ ދަރިންދެކެ ދެމީހުންވެސް ވަރަށް ބޮޑަށް ލޯބިވެއެވެ. 

އެއީ ހޮނިހިރުދުވަހެކެވެ. އަހަރެން އެކަނި ގޭގައި ބަހައްޓާފައި މަންމަ އާއި ބައްޕަ ކޮއްކޮ ގޮވައިގެން ދިއައީ ކޮއްކޮގެ ސްކޫލްގައި އޮތް ކޮންމެވެސް ކުޅިވަރު މުބާރާތަކަށެވެ. އެނބުރި އައުން ލަސްވެގެން ކަންބޮޑުވެފައި ހުއްޓައި ގެއަށް އައީ ފުލުހުންނެވެ. 

އެމީހުން އަޅުގަނޑާއި ވަރަށް ގިނަ ވާހަކަތައް ދައްކައި ކަންކަން އޮޅުންފިލުވުމަށްފަހު ދިނީ ދުވަހަކުވެސް އެފަދަ ހިތާމަވެރި ޚަބަރެއް އަޑުއަހަން ޖެހިދާނެކަމަށް އުންމީދުވެސް ނުކުރާ ފަދަ ހިތާމަވެރި ޚަބަރެކެވެ. 3 ބަފައިން އެނބުރި ގެއަށް އައި މަގުމަތީގައި އެކްސިޑެންޓްވެ 3 ބަފައިން އެކުގައި ނިޔާވީއެވެ.   

ފުލުހުންގެ ތެރޭގައި އިސްކޮށްހުރީ އަންހެނެކެވެ. އަހަރެންގެ ތިމާގެ މީހުންކަމަށް އަހަރެންނަށް އެނގިފައި ތިބި އެންމެންނަށް އެނާ ގުޅިއެވެ. އެއީ އެއިރު އަހަރެންގެ އުމުރަކީ 16 އަހަރުކަމަށްވުމުން އަހަރެންގެ ބެލެނިވެރިކަމާއި ޙަވާލުވެދިނުން އެދިއެވެ. ކޮންމެ މީހަކުވެސް ބުނީ ޙަވާލުވެވެން ނެތް ކަމަށެވެ. 

އެއިރު ޚަބަރުލިބިގެން އައިސް ބައެއް އަވަށްޓެރިން ގޭގައި ތިއްބެވެ. އެއިގެ ތެރޭގައި މަންމަގެ ވަރަށް އެކުވެރިއެއް ކަމަށްވާ ސޫޒީ ވެސް ހުއްޓެވެ. ސޫޒީގެ މައިންބަފައިންވެސް ވަނީ މަރުވެފައެވެ. ގޭގައި އުޅެނީ އެކަންޏެވެ. ދިރިއުޅެނީ އޭނާއަށް ލިބޭ މުސާރައިންނެވެ. 

އަހަރެންގެ ބެލެނިވެރިއަކަށްވާން އިސްނެގީ ސޫޒީ އެވެ. ސޫޒީ ބުނީ އަޅުގަނޑު ބަލައިދޭނެ ކަމަށެވެ. އަދި ސުޒީގެ ގެއަށް އަހަރެން ބަދަލުކޮށްފައި އަހަރެންގެ ގެ ކުއްޔަށްދިނެވެ. ލިބޭ ފައިސާ އޭނާ ބޭނުމެއް ނުކުރެއެވެ. ޚަރަދުކުރަނީ އަހަރެންނަށެވެ. 

ސޫޒީ އާއި އަހަރެންނަށްވުރެ ދޮށީ 10 އަހަރެވެ. އެހެންވެ މަންމަ ނުކިޔަންވެގެން ކިޔަނީ ދައްތައެވެ. އަހަރެން ސްކޫލް ނިމުމުން ޔުނިއަށް ފޮނުވައިގެން ކިޔަވައިދިނެވެ. އަހަރެންނަށް ކާންދީ ހެދުން ގަނެދެނީ ސުޒީއެވެ. ގެއިން ލިބޭ ފައިސާ ޚަރަދުކުރަނީ އަހަރެންގެ ކިޔެވުމަށެވެ. 

އަހަރެންގެ އުމުރުން 25 އަހަރުފުރުނު ދުވަހެވެ. އެއިރު އަހަރެންވެސް ވަޒީފާ އަދާކުރަމެވެ. އެހެންވެ ފައިސާވެސް ލިބެއެވެ. ދުވަސްފާހަގަކުރަން ގޭގައި ކުޑަ ޕާޓީއެއް ބާއްވައިގެން އުޅެނިކޮށް މީހަކު އައިސް ބެލްޖެހުމުން ދޮރުހުޅުވިއިރު ހުރީ ބައްޕަގެ ވަކީލެވެ. 

އޭނާ ދިނީ ލިޔުންތަކެކެވެ. ބުނީ އަހަރެންނަށް 25 އަހަރުވުމުން ޙަވާލުކުރަން ބައްޕަބުނެފައިވާ ލިޔުންތަކެއް ކަމަށެވެ. ލިޔުންތަކުން އެނގުނީ ބައްޕަ އަހަރެންނަށްޓަކައި ގިނަ ޢަދަދެއްގެ ފައިސާ އެކައުންޓަކަށް ޖަމާކޮށްފައިހުރިކަމެވެ. އެފައިސާތައް ލިބުމުން އަހަރެންނަކީ ތަނަވަސް މީހަކަށް ވެއްޖެއެވެ. 

ވަކީލްގެ ކިބައިން މިޚަބަރު ބައްޕަގެ ޢާއިލާގެ މީހުންނަށްވެސް ލިބުނެވެ. އަނެއް ދުވަހު އަހަރެންދެކެ ލޯބިން މީހުން އަންނަން ފަށައިފިއެވެ. ބައްޕަ ނިޔާވެގެން ފުލުހުން އެދުވަހު ގުޅި އެންމެންވެސް އައެވެ. އެންމެންނަށްވެސް އަހަރެން ދިން ޖަވާބަކީ ޢާއިލާގެ ބައަކު ތިބިކަމަށް ޤަބޫލެއް ނުކުރަމެވެ. އަހަރެންގެ ޢާއިލާއަކަސް މަންމައަކަސް އެހެން މީހަކަށްވެސް ހުރީ ހަމައެކަނި ސޫޒީއެވެ." 

އެރޭ އަހަރެން ސޫޒީއަށް ވަރަށް ތަފާތު ހުށަހެޅުމެއް ހުށަހެޅީމެވެ. "ސޫޒީއެވެ. އަހަރެންނަކީ މިހާރު ތަނަވަސް މީހެއްކަން އެނގެއެވެ. ނަމަވެސް މިލިބުނު ތަނަވަސްކަމަށްވުރެ މާބޮޑު ތަނަވަސްކަމެއް ސޫޒީ ވަނީ އަހަރެންނަށް ހޯދައިދީފައެވެ. އެއީ އެންމެ ނިކަމެތިޙާލުގައި ހުރި ދުވަހު ލޯތްބާއި އަޅާލުންދީ ކިޔަވައިދީ ރަނގަޅު ވަޒީފާއެއް ހޯދުމުގެ ފުރުޞަތު ހޯދައިދިނުމެވެ. އެކަންކަމުގެ އަގު އެތައް މިލިއަން ޑޮލަރަކަށްވުރެވެސް މާބޮޑެވެ. ސޫޒީ އަހަރެންނަށްވުރެ 10 އަހަރު ދޮށިކަންވެސް އެނގެއެވެ. އެކަން އެނގިހުރެ އަހަރެން ސޫޒީގެ ކިބައިން އެދެނީ އަހަރެންނާއި ކައިވެނިކުރުމެވެ. ސޫޒީ އާއި ނުލާ އަހަރެން ކިތަންމެ ތަނަވަސް ދިރިއުޅުމެއް އުޅުނަސް އެ ދިރިއުޅުން ފުރިހަމައެއް ނުވާނެއެވެ. އަހަރެންގެ އަތުގައި ހުރި ފައިސާދެކެ ލޯބިވީނަމަވެސް ސޫޒީއަށްވުރެ ބޮޑަށް އަހަރެން ދެކެ ލޯބިވާނެ އަންހެނަކުވެސް މިދުނިޔެއަކު ނުހުންނާނެއެވެ. މިހުށަހެޅުމަކީ މިތަނަވަސްކަން ނުލިބުނު ނަމަވެސް މިރޭ ސޫޒީއަށް ހުށަހަޅަން އަހަރެން ކުރިންސުރެވެސް ނިންމައިގެން ހުރި ހުށަހެޅުމެކެވެ. ވީމާ ޤަބޫލުކުރާނެ ކަމަށް ހީކުރަމެވެ." 

އަހަރެންގެ ވާހަކަ ނިމޭއިރަށް އުފަލުން ރޮމުން އައިސް އަހަރެންގެ ގައިގާ ބައްދާލައިފިއެވެ. ކުރިންވެސް ސޫޒީ ބައްދާލައި ހިތްވަރުދީ ހަދައެވެ. ނަމަވެސް އެފަހަރުތަކުގައި ކުރެވުނު އިޙްޞާޞްތަކާއި އެބައްދާލުމުން ކުރެވުނު އިޙްޞާޞްތައް މުޅިން ތަފާތެވެ. 

ދެމީހުން ލޯބިވެގެން އުޅޭކަށް ނުހަދަމެވެ. ހަމަ އަނެއް ދުވަހު ލޯބި ޙަލާލުކޮށްލީއެވެ. ކައިވެނިކުރީއެވެ. އެކައިވެންޏަށް މިހާރު 25 އަހަރުވީއެވެ. އެންމެ އުފާވާ އެއްކަމަކީ މިހާރުވެސް ސުޒީގެ ހަށިގަނޑަށް ބަލާފައި އަހަރެންނަށްވުރެ ދޮށިކަމަށް ނުބުނެވޭނެ ކަމެވެ. ސޫޒީ ފެންނަނީ މާޒުވާންކޮށެވެ. 

މިވާހަކަ ކިޔާފައި ވަރަށް ގިނަ ކަންކަން ވިސްނުނެވެ. ވަރަށް އަސަރުވެސްކުރިއެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތި ޔަތީމްޙާލުގައި ތިބޭ ކުދިންނަށް ހެޔޮކޮށް ހިތުމުން ލައްވަވާ ރަހްމަތުގެ ބޮޑުކަމެވެ. ހަމައެއާއެކު ދެމީހެއްގެ މެދުގައި ބާއްވަންޖެހޭ ގުޅުން ﷲ އަންގަވާފައިވާ އިންތަކުގެތެރޭގައި ޠޯހިރުކޮށް ބޭއްވުމުން ކުރާ ފައިދާއެވެ. ކޮށްދޭ ކަންކަމުގެ އަގު ވަޒަން ނުކުރާ ބައަކު އުޅުނަސް އެކަން ވަޒަންކުރާ ބައަކުވެސް ތިބޭކަމެވެ. 

އަޅުގަނޑު ޙިއްޞާ މިކުރި ވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތެއް ލިބޭނެކަމަށް ހީކުރަމެވެ. 

- ޝެރީން / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް