އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިލެއްފަހި އެއަރޕޯޓާއި މިލަންދޫ އެއަރޕޯޓްގެ ސަރވޭއާއި ޑިޒައިން މަސައްކަތް އެމްޓީސީސީއަށް

ބިލެއްފަހި އެއަރޕޯޓާއި މިލަންދޫ އެއަރޕޯޓްގެ ސަރވޭއާއި ޑިޒައިން މަސައްކަތް އެމްޓީސީސީއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ށ.ބިލެއްފަހި އެއަރޕޯޓާއި ށ.މިލަންދޫ އެއަރޕޯޓްގެ ސަރވޭއާއި ޑިޒައިން މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

މި ދެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ނަޒީމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީއެވެ. 

އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ށ.ބިލެއްފަހި އެއަރޕޯޓް ތަރައްޤީކުރުމާއި އެއަރޕޯޓް ތަރައްގީކުރާ ސަރަހައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 309.4 މިލިއަން ރުފިޔާއަށެވެ.

މީގެއިތުރުން  4 މަސް ދުވަހުން ނިންމާގޮތަށް ށ.މިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޕްރޮޖެކްޓް ސަރވޭ ކުރުމާއި ޑިޒައިންކުރުމާއި ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ ރިޕޯޓް ތައްޔާރުކުރުމަށެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 588600 (ފަސް ލައްކަ އައްޑިހަ އަށް ހާސް ހަސަތޭކަ ރުފިޔާ) އަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު