އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ސެޕްޓެމްބަރު މަހު ނިމޭނެ: ސައީދު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ސެޕްޓެމްބަރު މަހު ނިމޭނެ: ސައީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ސެޕްޓެމްބަރު މަހު ނިމޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަށް ނިމުނު އެމްޑީޕީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށެވެ. އެގޮތުން، މި 2015 ވަނަ އަހަރު މި މަޝްރޫއު ފެށީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމާ ގޮތަށް ނަމަވެސް، އެ މަސައްކަތް ނުނިމި އެތައް ދުވަހެއް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

ވީ.އައި.އޭ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަކީ ކުރީގެ ރައީސް ޔަމީންގެ ވެރިކަމުގައި ފެށި މަސައްކަތެއް ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އިޤްތިޞާދީ މި ބޮޑު މަސައްކަތަށް ވަރަށް ބޮޑަށް އިޙުމާލުވެފައިވާކަމަށް ވަޒީރު ވަނީ ތުޙުމަތުކޮށްފައެވެ.

އައު ޓަރމިނަލްގެ މަސައްކަތް ހިމެނޭހެން ވީ.އައި.އޭ ތަރައްޤީކުރުމުގެ މަޝްރޫޢު އަވަސްކުރުމަށްޓަކާ ޓްރާންސެޝަނަލް މުއްދަތުގެ ތެރޭގައިވެސް ކޮންޓްރެކްޓަރާއި ވާހަކަދެކެވި، ކަންކަން ރޭވި މަސައްކަތް ފެށިގެންދިޔަކަމަށާއި އެގޮތުން ކުރެވުނު މަސައްކަތްތަކާއެކު ކާގޯ ޓަރމިނަލްވެސް ނިންމާ އޮޕަރޭޝަނަށް ގެނެވި ފިއުލް ފާމުގެ މަސައްކަތްވެސް ނިންމާ ހުޅުވުމާ ހިސާބަށް މަސައްކަތް ގެންދެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވީ.އައި.އޭގައި އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު