އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިން މިސްކިތަށް ނޭރޭތީ ނުވަތަ ފާފަކުރެވިފައިވީތީ ލަދުން މިސްކިތަށް ނޭރުމަކީ އެންމެ ނުބައި ގޮތް!

ކުރިން މިސްކިތަށް ނޭރޭތީ ނުވަތަ ފާފަކުރެވިފައިވީތީ ލަދުން މިސްކިތަށް ނޭރުމަކީ އެންމެ ނުބައި ގޮތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ބުނަން ހެއްޔެވެ؟ މީހުން ކުރާ ކުށުގެ ރެކޯޑް ދެމެހެއްޓުމަކީ އިންސާނުން ކުރާ ކަމެކެވެ! ކުށެއް ނުވަތަ ފާފައެއް ކުރެވިފައިވާނަމަ ތައުބާވުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ކުށުގެ ރެކޯޑް ފިލައިގެން ނުވަތަ ފޮހެވިގެން އެދިއައީއެވެ. ވީއިރު އެމީހަކު ވީހައި ގިނައިން މިސްކިތަށް އަރަންވީ ނޫންހެއްޔެވެ؟ މިސްކިތަށް ގިނަގިނައިން އަރައި ވަގުތު ހޭދަކުރުމަކީ މީހާ އިތުރަށް ޠޯހިރުވެގެންދާ ކަމެކެވެ.

ކަންމިހެން އޮތް ނަމަވެސް ބައެއް މީހުންނަށް ކުރީގައި ކުރެވިފައި ހުންނަ ކަންކަމަށް ލަދުވެތިވެ މިސްކިތުގެ ޖަމާއަތުގައި ބައިވެރިވުމަށް އެބަ ލަދު ގަނެއެވެ. ލަދުން މިސްކިތަށް ނާރަން އެބަ ތިބެއެވެ. މިއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. މާޒީގައި ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ ކުރަން އޮތް ކަމަކީ މިސްކިތަށް ނުއެރުމެއް ނޫނެވެ. ކުރަންވީ ކަމަކީ މިސްކިތަށް އެރުން ގިނަކުރުމެވެ.

ކޮންމެ މީހެއްގެވެސް މާޒީއަކީ ހަމަ މާޒީއެވެ. މާޒީގައި ރަނގަޅު ނޫން ކަންތައްތަކެއް ކުރެވިފައިވުމަކީ ލަދުން ފިލަން ޖެހޭ ކަމެއް ނޫނެވެ. ގޯސްކޮށް ކަންތައްތަކެއް ކުރެވިފައިވާ ނަމަ އޮތީ އެކަމުން ޢިބްރަތް ޙާޞިލުކުރުމެވެ. ޢިބްރަތް ހާޞިލުކުރުމަކީ އަވަހަށް ތައުބާވެ އެފަދަ އިތުރު އަމަލެއް ނުކުރުމެވެ.

މީހަކު ތައުބާވެ ގިނަގިނައިން މިސްކިތަށް އަރަން ފެށުމަކީ މީސްތަކުންގެ ހިތްތައްވެސް އެމީހަކަށް ސާފުވެގެންދާނެ ކަމެކެވެ. އެމީހަކާއިމެދު އިތުބާރު އިތުރުވާނެ ކަމެކެވެ. ވީމާ މީހަކު މަލާމާތުގެ ބަހެއް ބުނެފާނެ ކަމަށް މިސްކިތާއި ދުރުގައި ނުހުންނާށެވެ! ވީހައި ބޮޑަށް މިސްކިތާއި ކައިރިވާށެވެ!

ހޯދަން ބޭނުންވެގެން މިއުޅެނީ ﷲ ތަޢާލާގެ ރުއްސެވުން ނޫން ހެއްޔެވެ؟ ބައެއްގެ ރުހުމެއް ނޫނެއް ނޫން ހެއްޔެވެ؟ ގިނަގިނައިން ތައުބާވުމަކީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުކުރައްވަވާ ކަމެކެވެ. ވީއިރު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް އިސްލާމް ދީނަކު ނެތެވެ! ﷲ ތަޢާލާ އީ އެންމެ ދީލަތިވަންތަ ރަސްކަލާނގެކަން ޔަޤީން ކުރުމުން ހުރިހާ ހާސްކަމަކާއި ނުތަނަވަސްކަމެއް ފިލައިގެންދާނެއެވެ.

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. ކޮންމެ މީހަކީވެސް ކުށްކުރާނެ މީހަކުކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ކުށެއް ކުރެވުމަކީ ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ. ލަދުގަންނަންވީ ތައުބާނުވެ ހުރުމަށެވެ. އެހެނީ ގިނަގިނަގިނައިން ތައުބާވާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް