އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

6 ރަށަކަށް ޖަނަރޭޓަރު ފޮނުވައި އިސްޓޯލްކުރުމުގެ މަސައްކަތް ފަށައިފި

6 ރަށަކަށް ޖަނަރޭޓަރު ފޮނުވައި އިސްޓޯލްކުރުމުގެ މަސައްކަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

6 ރަށަކަށް ޖަނަރޭޓަރު ފޮނުވައި އިސްޓޯލްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

ފެނަކައިން އައު ޖަނަރޭޓަރު ގެންދިޔަ ރަށްތަކަކީ ރ. މީދޫ، ރ. އަލިފުށި. ރ. މާކުރަތު، ބ. ކިހާދޫ، ބ މާޅޮސް އަދި ތ. ބުރުޏެވެ.

މިކަމާގުޅިގެން ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ ރ. މީދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ގެންދިޔައީ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ކަމަށާއި އެ ޖަނަރޭޓަރު އިންސްޓޯލްކޮށް ނިމި މިހާރު ލޯޑަށް ދެވިފައިވާކަމަށެވެ. އަދި ރ. އަލިފުށްޓަށް 600 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން މިހާރު ތައްޔާރު ވެފައިވާކަމަށާއި، އެއަތޮޅު މާކުރަތަށް ގެންދިޔަ 400 ކިލޯ ވޮޓްގެ ޖަނަރޭޓަރު ވެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެފައިވާކަމަށެވެ.

އަދި ބ. މާޅޮހުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ފޮނުވި 400 ކިލޯ ވޮޓް ގެ ޖަނަރޭޓަރާއި އެއަތޮޅު ކިހާދޫ އަށް ފޮނުވި 250 ކިލޯ ވޮޓްގެ ޖަނަރޭޓު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް ފެނަކަކޯޕަރޭޝަނުން މަޢުލޫމާތުދެއްވިއެވެ. އަދި ތ. ބުރުންޏަށް 250 މެގްވޮޓްގެ ޖަނަރޭޓަރެއް ގެންގެންދިއުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް