އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓާޓާ ފްލެޓްތަކަށް ޝަރުތު ހަމަވިނަމަވެސް، އެކިހާލަތްތަކުގައި ފުލެޓު ލިބުމުން މަރްހޫމްވެފައިވާ ފަރާތްތަކަށް ގެދޮރުވެރިކަން ހަމަޖަައްސާ ދިނުމަށް ނިންމައިފި

ޓާޓާ ފްލެޓްތަކަށް ޝަރުތު ހަމަވިނަމަވެސް، އެކިހާލަތްތަކުގައި ފުލެޓު ލިބުމުން މަރްހޫމްވެފައިވާ ފަރާތްތަކަށް ގެދޮރުވެރިކަން ހަމަޖަައްސާ ދިނުމަށް ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ޓާޓާ ފްލެޓްތަކަށް ޝަރުތު ހަމަވިނަމަވެސް، އެކިހާލަތްތަކުގައި ފުލެޓު ލިބުމުން މަރްހޫމްވެފައިވާ ފަރާތްތަކާއި، އެ މަޝްރޫއު އިން ފްލެޓް ހޯދުމަށް ބޮޑު އިންޓެރެސްޓެއްގައި ލޯނު ހަމަޖައްސަން ޖެހުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެހެން އެއްވެސް މަޝްރޫއަކުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް ގެދޮރުވެރިކަން ހަމަޖަައްސާ ދިނުމަށް ނިންމާފައިވާކަމަށް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ،

އެ ވުޒާރާއިން މިއަަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، 2010 ވަނައަހަރު ހުޅުވާލި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުން އަރަބިއްޔާ އަދި ގާކޮށީގައި އިމާރާތްކުރި ޓާޓާ ފްލެޓްތަކަށް ޝަރުތު ހަމަވިނަމަވެސް ފްލެޓް ލިބުމުން މަރްހޫމްވެފައިވާ ފަރާތްތަކާއި، އެ މަޝްރޫޢުން ފްލެޓް ހޯދުމަށް ބޮޑު އިންޓެރެސްޓެއްގައި ލޯނު ހަމަޖައްސަން ޖެހުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެހެން އެއްވެސް މަޝްރޫއަކުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް މިހާރު، ސަރުކާރުން އިމާރާތް ކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އިޖްތިމާއީ ބޯހިޔާވަހިކަން ހޯދައިދޭން ނިންމާފައިވާ ކަމަށެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މިކަން މިގޮތަށް ނިންމާފައި ވަނީ މި ސަރުކާރުން އެކުލަވާލާފައިވާ ބޯހިޔާވަހިކަމަށް ޖުމްލަ ހައްލެއް ހޯދުމުގެ ސިޔާސަތުގެ ދަށުން، ކުރީ ސަރުކާރުތަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބުމުން މަޙްރޫމުވެފައިވާ ފަރާތްތަކަށް އެންމެ އަވަހަށް ކުރިޔަށްގެންދާ މަޝްރޫޢަކުން ބޯހިޔާވަހިކަން ހޯދައިދިނުމަށާއި، އެފަދަ އެކި މަޝްރޫއުތަކުން ލިބިފައިވާ ބޯހިޔާވަހިކަމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލު ގެނެސްދިނުމުގެ ގޮތުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު